ޚަބަރު

ރާއްޖެއިން ބޭރުން އަންނަ ޓީޗަރުންނަށް ސްކޫލަށް ނުކުމެވޭނީ ފަސް ދުވަހު ކަރަންޓީނުވުމަށް ފަހު: އެޑިއުކޭޝަން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ: އެޑިޝަން އެމްވީ

ރާއްޖެއިން ބޭރުން އަންނަ ޓީޗަރުންނަށް ސްކޫލަށް ވަޒީފާއަށް ނުކުމެވޭނީ ފަސް ދުވަހުގެ ކަރަންޓީނު މުއްދަތު ހަމަކުރުމަށް ފަހު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގަވައިފިއެވެ.

Ads by MWSC

އެ މިނިސްޓްރީން ސްކޫލުތަކުގެ އިސްވެރިންނަށް ފޮނުވި ސިޓީއެއްގައި ވަނީ ކޮވިޑްގެ ހާލަތު އޮތް ގޮތުން، އެގޮތަށް ރާއްޖެ އަންނަ މީހުން ކަރަންޓީނު ނުވެ، ސްކޫލުތަކަށް ނުކުތުމުގައި ހުރި ކަންބޮޑުވުންތައް ރަށްރަށުގެ ކައުންސިލް އިދާރާތަކުން ކަމާ ބެހޭ އިދާރާތަކާ ހިއްސާ ކުރަމުން އަންނަ ކަމަށެވެ. އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އާ އެކު މަޝްވަރާކުރުމަށް ފަހު ނިންމީ، ރާއްޖެ އަންނަ ބިދޭސީ ޓީޗަރުން، އެ މީހުން އަންނަ ތާރީހުން ފެށިގެން ފަސް ދުވަހަށް ކަރަންޓީނު ކުރުމަށް ކަމަށް ވެސް އެޑިއުކޭޝަނުން ފޮނުވި ސިޓީގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އެ ސިޓީގައި ވިދާޅުވެފައި ވަނީ، ބިދޭސީ ޓީޗަރުން އެ ދާ ރަށެއްގައި ދިރިއުޅޭ ތަނުގައި ކަރަންޓީނުވުމާއި ފަސް ދުވަސް ހަމަކޮށް ސުންކު ނެގުމަށް ފަހު ނަތީޖާ ނައްސިވުމުން ސްކޫލަށް ނެރުމަށެވެ. އަދި ރާއްޖެ އަންނަ ޓީޗަރުންނަށް އެކަން އެންގުމަށާއި ބޭރުން ޓީޗަރުން އައިސް އެގޮތަށް އަމަލުކުރަމުންދޭތޯ މޮނިޓާ ކުރުމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އަންގައިފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!