ބޮލީވުޑް

ޓައިގަރގެ ފޭވަރިޓަކީ ދިޝާއެއް ނޫން

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ބޮލީވުޑްގެ އެންމެ "ފިޓް" އަދި "ހޮޓް" ތަރި ކަމުގައިވާ ޓައިގަރ ޝްރޮފްއަކީ އޭނާގެ "ސިކްސް ޕެކް"ގެ ޖާދޫއިން އެތައް ހިތެއް ހަލާކުކޮށްލި ފަންނާނެކެވެ. ބޮލީވުޑްގެ ތަރި ދިޝާ ޕަޓާނީއާއި ޓައިގަރ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް މީޑިޔާގައި އަޑު ފެތުރިފައިވާ އިރު މި ދެ ތަރިން އެކުގައި ގިނަ ވަގުުތުތަކެއް ހޭދަކުރެއެވެ. އަދި އެކީ އުޅޭތަން މީޑިޔާއަށް ސިއްރު ކުރަން ނޫޅޭކަން ވެސް ފާހަގަވެއެވެ.

Ads by Sosun Fihaara

ދާދިފަހުން އިންސްޓަގްރާމްގައި ޓައިގަރ ވަނީ ފޭނުންގެ ސުވާލުތަކަށް ޖަވާބު ދީފައެވެ. މިގޮތުން ޓައިގަރއަށް އެންމެ ކަމުދާ ބޮޑީވުޑްގެ އަންހެން ފަންނާނަކީ ކޮބައިތޯ ފޭނަކު ކުރި ސުވާލުގެ ޖަވާބެއްކަމުގައި ވާނީ ދިޝާ ކަމަށް ގިނަ ބަޔަކު އުއްމީދު ކުރިއެވެ.

އެހެން ނަމަވެސް އެސުވާލުގެ ޖަވާބުގައި ޓައިގަރ ބުނެފައި ވަނީ ދިޝާގެ ނަމެއް ނޫނެވެ. ޓައިގަރއަށް އެންމެ ކަމުދާ އެކްޓްރެސްއަކީ "މާދުރީ ޑިކްޝިކް މޭމް" ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކުޅަދާނަ އެކްޝަން ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ޓައިގަރގެ މިޖަވާބު ފޭނުންނަށްވީ ބޮޑު ސަޕްރައިޒަކަށެވެ.

ފިލްމު "ހީރޯޕަންތީ"އިން ބެލުންތެރިންގެ ހިތުން ޖާގަ ހޯދި ޓައިގަރގެ ފިލްމުތަކަށް ބަލައިލާއިރު "ބާގީ" "މުއްނާ މައިކަލް" "ބާގީ 2" އަދި "ސްޓޫޑެންޓް އޮފް ދި އިޔަރ" ހިމެނެއެވެ.

އަދި އޭނާގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލައިލާއިރު "ބާގީ4" "ހީރޯޕަންތީ2" ހިމެނެއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!