ދުނިޔެ

އެސްޓްރާޒެނިކާ ދެވަނަ ޑޯޒާ އެކު ލޭގަނޑުވުމުގެ މައްސަލައަށް ހައްލެއް ލިބޭ!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އެސްޓްރާޒެނިކާއާއި އޮކްސްފޯޑްއާ ގުޅިގެން ކޮވިޑް-19ގެ ދިފާޢުގައި އުފެއްދި ވެކްސިން ޖަހާ މީހުންނަށް ލޭ ގަނޑުވުމުގެ މައްސަލަ ދިމާ ވަނީ ވަރަށް މަދުން ކަމަށާއި އަދި ދެވަނަ ޑޯޒާ އެކު ލޭގަނޑުވުމުގެ މައްސަލަ ދިމާނުވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

ލޭންސެޓް މެޑިކަލް ޖާނަލްގައި ޝާއިރުކޮށްފައިވާ ދިރާސާއެއްގައި ބުނެފައި ވަނީ އެސްޓްރާޒެނިކާ ފުރަތަމަ ޑޯޒް ޖަހާ ފަރާތްތަކަށް ތްރޮންބޮސިސް ވިތު ތްރޮމްބޮސިޓޮޕެނިއާ ސިންޑްރަމްގެ ކޭސްތަކުން މަދުން ފެންނަ ކަމަށެވެ. ތްރޮންބޮސިސް ވިތު ތްރޮމްބޮސިޓޮޕެނިއާއަކީ ލޭގަނޑުވުމާ އެކު ލޭގައި ހުންނަ ޕްލޭޓްލެޓްސްގެ ލެވެލް ދަށްވުމަށް ކިޔާ ނަމެކެވެ.

ދިރާސާގައި ބުނެފައި ވަނީ އެސްޓްރާޒެނިކާ ޖެހި މީހުންގެ ތެރެއިން މި ބަލި ޖެހިފައި ވަނީ ކޮންމެ މިލިޔަނަކުން 8.1 މީހުންނަށް ކަމަށެވެ. އަދި ދެވަނަ ޑޯޒަށް ފަހު ޖެހިފައި ވަނީ ކޮންމެ މިލިޔަނަކުން 2.1 މީހުންނަށް ކަމަށާއި މި އަދަދަކީ އާއްމުކޮށް މިބަލި މީހުންގެ ތެރޭގައި ހުންނަ ވަރު ކަމަށާއި މިހެންކަމުން ދެވަނަ ޑޯޒާއެކު ބަލި ޖެހުމުގެ ފުރުސަތު ކުޑަ ކަމަށް ދިރާސާގައި ބުނެފައި ވެއެވެ.

ވެކްސިން ޖެހިތާ 4 ދުވަހާއި 30 ދުވަހާ ދެމެދު ތްރޮންބޮސިސް ވިތު ތްރޮމްބޮސިޓޮޕެނިއާ ޖެހިފައިވާ ނަމަ ވީހާވެސް އަވަހަށް ޑަކްޓަރަށް ދައްކަން ބޭރުގެ މާހިރުން ލަފާދެއެވެ. ތްރޮންބޮސިސް ވިތު ތްރޮމްބޮސިޓޮޕެނިއާ ޖެހޭ މީހުންނަށް، ގަދައަށް ބޮލުގައި ރިއްސުމާއި، ފެނުމަށް ބަދަލު އައުމާއި، ބުރިކައްޓަށް ތަދުވުމާއި، ހޮޑުލެވުމާއި، ނޭވާލާން އުނދަގޫވުމާއި ފަޔަށް ތަދުވެ ދުޅަވުން ފަދަ އަލާމާތައް ކުރިމަތިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!