އާދަމް ޝަރީފް އަދުރޭއަށް: ޤައުމު ވިއްކާލި ބަޔަކާއެކީ މިނިވަންކަން ހޯދުމަށް މަސައްކަތެއް ނުކުރެވޭނެ!
އިދިކޮޅު ކޯލިޝަންއިން ކުރިޔަށް ގެންދާ "މިނިވަންކަމުގެ ދިފާޢުގައި ، ދިވެހީން" ކެންޕެއިންގައި ބައިވެރިވުމަށް ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށާއި ސަރުކާރުގެ ކޯލިޝަންގެ ލީޑަރުންނަށް އިދިކޮޅުގެ އެކްޓިން ލީޑަރު އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ގޮވާލެއްވުމަށް، އެކަމާ ހިތްހަމަޖެހިވަޑައިނުގެން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު ސުވާލު އުފައްދަވައިފިއެވެ.
ރޭ އިދިކޮޅުން "މިނިވަން ކަމުގެ ދިފާޢުގައި-ދިވެހިން"ގެ ނަމުގައި ފެއްޓެވި ކެންޕެއިން އިފްތިތާޙްކޮށްދެއްވުމަށް ވާހަކަފުޅު ދައްކަވަމުން އަދުރޭ ވަނީ ރައީސް މުޙައްމަދު ނަޝީދާއި ރައީސް ޞާލިޙް ހިމެނޭހެން އެކުގައި މަސައްކަތް ކުރުމުގެ ދަޢުވަތު ރާއްޖޭގެ ހުރިހާ ލީޑަރުންނަށް ދެއްވައިފައެވެ.
ހަމަ މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފް އުމަރު ވަނީ މިޤައުމު ވިއްކާލި ބަޔަކާ އެކީ ކުރެވޭނީ ކޮން މަސައްކަތެއްތޯ ސުވާލު އުފައްދަވައިފައެވެ. މިގޮތުން އޭނާ ވިދާޅުވީ، މިއަދު ސަރުކާރުގައި ތިބި ފަރާތްތަކުން ދިވެހި ޤައުމަށް ޣައްދާރުވެފައިވާ ކަމަށާއި މިނިވަންކަން ދިފާޢު ކުރުމަށް އެ ފަރާތްތަކާ އެކީ ކުރެވޭނެ މަސައްކަތެއް ނެތް ކަމަށެވެ.
""އަޅުގަނޑު ވަރަށް އިޙްތިރާމާއެކީގައި ޕްރޮގްރަސިވް ކޯލިޝަން ހިންގެވުމާ ހަވާލު ހުންނެވި އަބްދުއްރަހީމްއާ ސުވާލުކޮށްލަން ބޭނުން، މި ޤައުމުގެ މިނިވަންކަން ވިއްކާލި ބަޔަކަށް، މިޤައުމަށް ޣައްދާރުވި ބަޔަކު އަނެއްކާ ވެސް މި ކެންޕެއިންގައި ބައިވެރިވެގެން އަޅުގަނޑުމެން ޖަހާނީ ކޮން ފައްޔެއްތޯ. އަޅުގަނޑަކަށް ހަމައެއްގޮތަކަށް ވެސް ޤަބޫލެއް ނުކުރެވޭ މިސަރުކާރުގައި ތިބި މީހުންނަކާ އަޅުގަނޑުމެންނަކާ ދެނެއް އަރައިގެނެއް (އެއްބައިވެގެންނެއް) މި ޤައުމުގެ މިނިވަންކަން ދިފާޢު ކުރުމަށް މަސައްކަތް ކުރެވޭނެ ކަމަކަށް. އެއަށް ވުރެ މާބޮޑަށް އެ ބޭފުޅުން އެތިއްބެވީ ޤައުމަށް ޣައްދާރުވެފައި." އާދަމް ޝަރީފް ވިދާޅުވިވއެވެ.
އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖެއަށް އައިސް ރާއްޖޭގެ ވެރިކަން ބަދަލު ކުރުމަށް ރައީސް ޔާމީންގެ ވެރިކަމުގެ ފަހު ދުވަސްވަރު ރައީސް ނަޝީދު ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ، ރާއްޖޭގެ މިނިވަން ކަމަށް ޗެލެންޖްކޮށް، ދިވެހި ރާއްޖޭގެ ފަޅުތަކާއި ފަރުތައް ވިއްކާ ހަދާ ބަޔަކު ރާއްޖޭގެ އިސްތިޤްލާލަށް ކުރާނެ މަސައްކަތެއް ނޯންނާނެ ކަމަށެވެ.
"ވެރިކަން އަންނަން އުޅުނު އިރުގައި އެމީހުން ބުނަމުން ދިޔައީ، އިންޑިއާގެ އަސްކަރިއްޔާއިން މިތަނަށް އަރާ މިތަން ހިފާށޭ. މިޤައުމުގެ މިނިވަން ކަމަށް ޗެލެންޖް ކުރުމަށް ފަހުގައި އަޅުގަނޑުމެން ނިކަމެތި ހާލަކަށް ވައްޓާލުމަށް ފަހު މިއަދު ވެރިކަމަށް އަރައިގެން ރާއްޖޭގެ ބިންތަކާއި ފަރުތަކާއި ފަޅުތައް ބަޔަކަށް ދޫކޮށްލީމަ ދެން އަޅުގަނޑުމެން ޤަބޫލު ކުރަން އެބަޖެހޭ، މިޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ދެމެހެއްޓުމަށް ޓަކައި މަސައްކަތް ކުރަން ތިބީ އަޅުގަނޑުމެން ކަހަލަ ބައެއްކަން." އާދަމް ޝަރީފް ވިދާޅުވިއެވެ.
ރާއްޖޭގެ މިނިވަންކަން އަވައްޓެރި އިންޑިއާއަށް ވިއްކައިލައިފައިވާ ކަމަށް ސިފަވާގޮތަށް ވާހަކަފުޅު ބައްޓަން ކުރައްވަމުން އާދަމް ޝަރީފްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މިއަދު ޤައުމާ މެދު ފަޚްރުވެރިވާނޭ ހުރިހާ އެއްޗެއް ބޭރުގެ މީހުންނަށް ވިއްކައިލައިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ މިޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް މިއަދު މިވަނީ އަޅުގަނޑުމެންގެ އަތުން ބީވެގެންދާން ފަށާފަ. އަޅުގަނޑުމެންގެ ވަތުބަތާނަ، އަޅުގަނޑުމެންގެ ކަނޑު އަޑީގެ ފޮޓޯނަގާ، ކަނޑުގެ އަޑީގެ ޖަވާހިރުތަކާއި މައުދަންތަކާއި މި ހުރިހާ އެއްޗެއްގެ ފުރިހަމަ މިންތަކާ އެކީ މިހާރު އެވަނީ ބޭރު ބަޔަކަށް ވިއްކާލާފަ. އަޅުގަނޑުމެންގެ ވައިގެ ދޮރޯށިތައް މިވަނީ ބޭރުގެ ބަޔަކަށް ވިއްކާލާފަ. އަޅުގަނޑުމެންގެ މި ޤައުމުގައި އަޅުގަނޑުމެން ފަޚްރުވެރިވާން އޮތް ހުރިހާ އެއްޗެއް މިއަދު މިވަނީ ބޭރުގެ ބަޔަކަށް ވިއްކާލާފަ." އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.
އާދަމް ޝަރީފްގެ ވާހަކަފުޅަށް ތާއީދުކުރަން. އަދި އަދުރޭގެ ވާހަކަފުޅުވެސް މުޅިން ގޯހެކޭ ނުބުނާނަން. އެހެނީ ކުށަކީވެސް އިންސާނުންނަށް ކުރެވޭ އެއްޗެއް. އެހެންކަމުން އަދުރޭ އެ ވިދާޅުވާ ބޭފުޅުންވެސް ކޯލިޝަނުން ވަކިވެފަ، ދިވެހި ރައްޔިތުންގެ ކިބައިން މަޢާފަށް އެދުމަށްފަހު އަދުރޭމެންނާއެކު ގައުމު މިނިވަން ކުރުމުގެ މަސައްކަތުގަ ބައިވެރިވީމަ ރަގަޅުވާނެ. އެހެނީ
މަޢާފަށް އެދުމަކީ އަދި މަޢާފް ކުރުމަކީ އިސްލާމީ ރިވެތި ސިފައެއް. ވީމާ، ތިޔަ ދެބޭފުޅުންގެ ވިސްނުންފުޅު ދޭތެރެ މެދުގެ ވިސްނުންފުޅަކަށް ހައްދަވާ، މަސްލަހަތު އިސްކުރައްވާނެ ކަމަށް އުއްމީދު ކުރަން.
ގައުމު އެއް ކޮށްކާލާ އަހަރުމެން ނަށް ﷲ ދެއްވި ހުރިހާާ
ނިއުމަތެއް ބުރިސްޓީނުން ނައް ދިން ޚާއިނުން ނެތް މިި
ޕީޕީ އެމައް ވަށް ދައިގެންނުވާނެ ތިޔަ ހެދެން އުޅެނީ
ވަރަށް ބޮޑު ގޯހެތް ކަން ދައްނަން ވާނެ ފަހު ވަގުތު ހަރުފަަ
ވިހަލާނެ ކަން ވިސްނާތި މުޅި ގައުމައްއަ ދިވެސް ނުވިވިވިވިވ ދަްަްަްަްަްަްަްަްަްަްަ ން ަަަ
މިހާރު މިތިބަ ފާސިގުން މިޕާޓީ ޔާ ކައިނުކުރާތި
ދާންބޭ ނުންވާ މަންޒި ލައް ﷲ ގެ ރަހުމަތުން ދެވޭނީީ
އޭރުން މި ހައެއްކަ ޚާއިނުންގެ ފަރާތުން ސަލާމަތް ވެގެންް
ގައުމް ސަލާމަތް ބަދަރަކައްގެންދަން ބޭނުންވަތްޏާ ތިޔަަ
ލޫޓްމާރުންނާ ގަތްވަން ނަހަދާ ދީން ފުޑާލަން އުޅެފި
ކާބަފައިންގެ ހަރުމުދާކޮޅު ވިއްކާލައިގެން އެވެސް ފެންފޮދަަ
ކާނުލާދިރުވައިލައިފި ނުކާއެއްޗެށް ނުބޯއެއްޗެށްނެތްް
އަޅުވެތިކޮށްލައިފި ސަލާމަތުން ތިބި އެންމެންގެ ޓެކުސްް
ހުސްވެއްޖެ އަތާ އަގަޔާ ދިމަލެއްނުވެ އަތް ފޯރާފަށުގަަ
ތިނެތިއޮތީ އެޔައްވެސް ނޭގެފޯރާނެކަމެއް މިފަދަ ހާލަތުު
މިހާރުމިތިބީ އެވަރައް އަޅުވެތިކޮއްލައިފި
ފަޅުތަކާއި ރައްތައް ވިއްކާލި މީހުން މިހާރު އިދިކޮޅުގަ ތިޔަތިބީ ރައްޔިތުން ގުނބޯ ނުހެދޭނެ