ބޮލީވުޑް

ފިލްމި "ކަކުދާ"ގެ ޝޫޓިންތައް ފަށައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މަރާތީ ޑައިރެކްޓަރ އަދިތްޔާ ސަރްޕޮޓްދާރް ޑައިރެކްޓްކުރާ ހޮރޯ ފިލްމް "ކަކޫދާ"ގެ ޝޫޓިންތައް ފަށައިފިއެވެ.

Ads by Hajj Corporation

މި ފިލްމަކީ އަވިނޭޝް ދިވޭދީ އަދި ޗިރާގް ކާގް ލިޔެފައިވާ ވާހަކައެއްގެ މައްޗަށް ހަދާ ފިލްމެކެވެ. ފިލްމުގެ ޝޫޓިންގެ މުއްދަތަކީ 40 ދުވަހެވެ. ފިލްމުގެ މަސައްކަތް އިންޑިއާގެ ރާޖިސްތާނުގައި ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މި ފިލްމާ ގުޅޭގޮތުން ސޮނާކްޝީއާއި ރިތޭޝް ބުނީ ފިލްމާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށާއި ފުރަތަމަ ފަހަރަށް ބިރުވެރި ފިލްމެއް ކުޅެން ލިބުމުން ޝޫޓިންއަށް ވަރަށް ތައްޔާރުކަމަށެވެ.

ރިތޭޝް އަދި ސޮނާކްޝީގެ އިތުރުން "ރޭސް 3"ގެ ތަރި ސާގިބް ސަލީމް ވެސް މި ފިލްމުގައި ފެނިގެންދާނެއެވެ. މި ފިލްމަކީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ހަދާ ފިކްޝަނަލް ފިލްމެކެވެ.

ރިތޭޝް އަދި ސޮނާކްޝީގެ އިތުރުން "ރޭސް 3"ގެ ތަރި ސާގިބް ސަލީމް ވެސް މި ފިލްމުގައި ފެނިގެންދާނެއެވެ. ފިލްމާ ގުޅޭ ގޮތުން ޑައިރެކްޓަރު އަދިއްތާ ބުނީ މި ފިލްމަކީ ބެލުންތެރިން ބަލާ ހިތްވާނެ ކަހަލަ ފިލްމަކަށް ވެގެންދާނެ ކަމަށެވެ. އަދި މި ފިލްމަށް އޮތް އުންމީދު ބޮޑު ކަމަށާއި ފިލްމުގެ ކާސްޓުންނާ ދޭތެރޭ ވެސް ހިތްހަމަޖެހޭ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!