ބޮލީވުޑް

ކައިވެނީގެ ރިސެޕްޝަންގައި ފިރިމީހާއަށް އެނގުނު ހަމައެކަނި ފަންނާނަކީ އަމީތާބް: މަދޫރީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
މަދޫރީ އާއި އޭނާގެ ފިރިމީހާ ސްރީރާމް

ބޮލީވުޑްގެ އެންމެ ކާމިޔާބު އަންހެން ފަންނާނުކަމުގައިވާ މަދޫރީ ޑިކްޝިކްއާއި އޭނާގެ ފިރިމީހާއަކީ އަކީ ބޮލީވުޑްގައި އެންމެ ގިނަ މީހުންގެ ލޯބި ލިބިފައިވާ ޖޯޑެވެ.

Ads by Sosun Fihaara

އެހެން ނަމަވެސް ލެޖެންޑަރީ އެކްޓްރެސްގެ ފިރިމީހާ ސްރީރާމްއަކީ ބޮލީވުޑާ އެހާ ރައްޓެހި މީހެއް ނޫންކަމަށް މަދޫރީ މި ވަނީ ސޯޝަލް މީޑިޔާގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނެފައެވެ.

"އަހަރެންގެ ރިސެޕްޝަންގައި ފިރިމީހާއަށް އެނގުނީ އަމީތާބް އެކަނި. ޕާޓީ ތެރޭގައި އޭނާ އަހަރެން ގާތު ބުނި އެއީ އަހަރެން ދަންނަ މޫނެކޭ. އަހަރެން ހިތަށް އެރި ޔެސް ނަސީބެކޭ" މަދޫރީ ބުނެފައިވެއެވެ.

އުމުރުން 54 އަހަރުގެ މަދޫރީއާއި ސްރިރާމް ކައިވެނިކޮށްފައި ވަނީ 1999ވަނަ އަހަރުގައެވެ. އަދި މިކައިވެންޏަށް ވަނީ ދެ ފިރިހެން ކުދިން ލިބިފައިވެއެވެ. މަދޫރީ ފާހަގަ ކުރެވުނީ ކައިވެންޏަށް ފަހު ފިލްމީ ދާއިރާއާއި ދުރުގައި އެތައް އަހަރެއް ހޭދަ ކުރުމަށް ފަހު ވެސްއަލުން އެނބުރި ފިލްމީ ދާއިރާއަށް ގުޅުނު އިރުވެސް ރީތިކަމަށް ބަދަލު ނާންނަ ފަންނާނެއްގެ ގޮތުގައެވެ.

އެއަށް ފަހު މަދޫރީ ވަނީ ކާމިޔާބު ފިލްމުތަކެއް ވަނީ ބެލުންތެރިންނާ ހަމައަށް ގެނެސްދީފައެވެ. މިގޮތުން 2007 ވަނައަހަރު ނުކުތް ފިލްމް "އާޖާ ނަޗްލޭ" އަދި 2019 ވަނަ އަހަރު ނުކުތް ފިލްމް "ކަލަންކް"އަކީ ފާހަގަ ކޮށްލެވޭ ފިލްމުތަކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!