ޖާބިރަށް މަލާމަތް ނުކުރޭ، އޭނައަށް އެހީތެރިކަން ބޭނުންވޭ: އުޝާމް
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް މަލާމަތް ނުކުރުމަށް ވިލިމާލޭ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު އުޝާމް ގޮވާލައްވައިފިއެވެ.
އުޝާމް މިހެން ވިދާޅުވީ، ގިނިކަންޏާ މަޖިލީހުގެ ދޮރުމަތީގައި ޖާބިރު އިޙްތިޖާޖް ކުރައްވަމުން ގެންދަވާ ޚަބަރު ޓްވީޓް ކުރައްވަމުންނެވެ. މިއަދު ޖާބިރު ވަނީ މަޖިލިސް ދޮރުމަތީގައި އޮށޯވެ ވަޑައިގެން އޮންނަވާ ސަރުކާރާ ދެކޮޅު ޝުޢޫރު ފާޅު ކުރައްވައިފައެވެ. އަދި ގޮވައިލަމުން ގެންދެވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މަޖިލީހަށް ހާޒިރު ކުރަން ޖެހޭ ކަމަށާއި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ މަޤާމުން ވަކި ކުރައްވަން ޖެހޭ ކަމަށެވެ. ޖާބިރުގެ އެ ވާހަކަތަކުގެ ތެރޭގައި ވަރަށް ހަޑިހުތުރު ބަހުން ވާހަކަ ދައްކަވައިފައި ވެއެވެ.
އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖާބިރަށް މަލާމާތާއި ފުރައްސާރަ ނުކުރަން ގޮވައިލާ ކަމަށާއި އަދި މިފަދަ އަމަލުތަކަށް ހިތްވަރު ނުދިނުމަށް ވެސް ގޮވައިލައްވާ ކަމަށެވެ. އުޝާމް ވިދާޅުވީ، ޖާބިރާ އެކީ މީގެ ދުވަސްކޮޅެއް ކުރިން މަސައްކަތް ކުރެއްވި ކަމަށާއި ޖާބިރު ރަނގަޅު ނޫން ކަމަށާއި އެ މަނިކުފާނަށް އެހީތެރިކަން ބޭނުންވާ ކަމަށެވެ. އަދި އަވަސް ޝިފާއަކަށް އެދޭ ކަމަށާއި ޖާބިރުގެ އާއިލާއިން އޭނާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.
ޖާބިރު މިއަދު އިހްތިޖާޖް ކުރައްވަމުން ގެންދެވީ ގަދަ ހޫނުގައެވެ. ޖާބިރު އެތަނުން ގެންދިއުމަށް ޖާބިރުގެ އަނބިކަބަލުން ދިޔާނާ ސައީދު ވެސް އެ ސަރަހައްދަށް ވަޑައިގެންނެވި މަންޒަރު ވީޑިއޯތަކުން ފެނެއެވެ.
ވަސްމީރު ފިޔަ އުޝާމް ވެސް ތިހިރީ މޮޔަވެ އެހީތެރިކަން ބޭނުންވެފަ. މޮޔަވީ ނާޒިމް ދިން ލާރިގަނޑު ފެނިފަ.
ދޮންކަލޯ ނާޒިމް އަކީ އުޝާމްގެ ބޭބެ އެއް.
ހަހަހަހަހަހަ
ރާބޮއިބޮއ ބީތާވެފަހުރީ
ދެން އެފަދަ ބޭފުޅެއް އެފަދަ މަޤާމެއްގައި އެތައް ރައްޔިތުންނެއްގެ ހައްޤުގައި ވަކާލާތު ކުރުމަށް ހަވާލުކޮށްގެންވާނެތޯ؟