ބޮލީވުޑް

ނުބައިބައި ކުޅެކުޅެ ވަރުބަލި ވެއްޖެ: އުރުވަށީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ކަސޯޓީގެ މަންޒަރެއްގައި އުރުވަށީ

ސްޓާ ޕުލަސްގެ ޑްރާމާ ކަސޯޓީ ޒިންދަގީކޭ ސީޒަން 1 ގައި ކޮމޮލިކާގެ ރޯލުން ފެނިގެން ދިޔަ އުރުވަށީ ދޮލާކިޔާއަށް ގިނަ ޕްރޮޖެކްޓްތަކެއް ލިބުނު ނަމަވެސް އާ ތަފާތު ރޯލެއް ކުޅެން ބޭނުންވާތީ އެ ޕްރޮޖެކްޓްތައް ދޫކޮށްލާކަމަށް އޭނާ ބުނެފިއެވެ.

Ads by MWSC

2001ވަނަ އަހަރުން ފެށިގެން ގިނަ ދުވަސްތަކެއް ވަންދެން ދެއްކި ކަސޯޓީ ޒިންދަގީކޭގައި އޭނާ އަދާކޮށްފައި ވަނީ ވަށައިގެން އުޅޭ އެންމެންނާ ޖެއްސުންކޮށް އެމީހުންގެ ދިރިއުޅުން ހަލާކުކުރަން މަސައްކަތް ކުރި އުނދަގޫ ބޮޑު "ވޭމްޕް"އެއްގެ ރޯލެވެ.

ކަސޯޓީގެ އިތުރުން ވެސް އޭނާ ވަނީ ގިނަ ޑްރާމާ ތަކެއްގައި ނުބައިބައި ކުޅެފައެވެ، މިގޮތުން ސްޓާ ޕްލަސްގެ ޑްރާމާ "ކަހާނީ ތޭރީ މޭރީ"، "ކަހީތޯ ހޯގާ" އަދި "މެހެންދީ ތޭރޭ ނާމްކީ" ފަދަ ޑްރާމާތައް ހިމެނެއެވެ.

އެހެން ނަމަވެސް އުރުވަށީ ބުނީ މިހާރު ބޭނުން ވަނީ މީގެ ކުރިން ނުކުޅޭ މުޅިން ތަފާތު ރޯލެއް ކުޅެން ކަމަށާއި ނުބައިބައި ރޯލު ކުޅެކުޅެ ވަރުބަލި ވެއްޖެކަމަށެވެ. އޭނާ ބުނިގޮތުގައި މިހާރު ބޭނުންވަނީ ކޮމެޑީ ރޯލެއް ކުޅޭށެވެ. އަދި އެފަދަ ރޯލަކަށް އިންތިޒާރުގައި ހުރިކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އުރްވަށީ ވަނީ ބިގްބޮސް ސީޒަން 6 ވެސް ކާމިޔާބުކޮށްފައެވެ. އަދި ސަލްމާން ހާންގެ ޑާންސިން ރިއަލިޓީ ޝޯގައި އޭނާގެ ކުރީގެ ލޯބިވެރިޔާ އެކު ވަނީ ބައިވެރިވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!