ދުނިޔެ

ތިންވަނަ ޑޯޒެއް ޖަހާކަށް ޑަބްލިއުއެޗްއޯ އިން އަދި ބާރެއް ނާޅާ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކޮވިޑް-19އިން ދިފާއުވުމަށް ޖަހަމުން އަންނަ ވެކްސިންގެ ތިން ވަނަ ޑޯޒެއް ޖެހުން މަޑު ޖައްސާލަން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން އެދިއްޖެއެވެ.

Ads by WAMCO

ޑަބްލިއުއެޗްއޯއިން ވިދާޅުވީ، ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ދިނުން މަޑުޖައްސައިލުމުގެ ބޭނުމަކީ ވެކްސިން ލިބުމުގައި މުއްސަނދި ގައުމުތަކާއި ފަގީރު ގައުމުތަކުގެ މެދުގައި އޮތް ފަރަގު ކުޑަކުރުން ކަމަށެވެ. އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މުއްސަދި ޤައުމުތަކުގައި ކޮންމެ 100 މީހަކުން 50 މީހަކު ކޮވިޑް-19 ވެކްސިން މެއި މަހާ ހަމައަށް ޖަހައިފައި ވީ ނަމަވެސް ފަޤީރު ޤައުމުތަކުގައި މިނަންބަރު ހުރީ ކޮންމެ 100 މީހަކުން 1.25 މީހުން ކަމަށެވެ.

މީގެ އިތުރުން ސެޕްޓެމްބަރު މަސް ނިމެންދެން ތިންވަނަ ޑޯޒް ދިނުން މަޑުޖައްސައިލައިފި ނަމަ ފަޤީރު ގައުމުތަކާއި މުއްސަނދި ގައުމުތަކަށް ވެކްސިން ލިބުމުގައި އޮތް ފަރަގު ކުޑަވެ، ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް މަދުވެގެން 10 ޕަސެންޓު މީހުންނަށް ވެކްސިން ދިނުމަށް މަގުފަހިވާނެ ކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.

މިހާތަނަށް ދުނިޔެއިން ކޮވިޑް-19 ޖެހިގެން 4 މިލިޔަނަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ކޮވިޑް-19ގެ ހަލުވި، ޑެލްޓާ ވޭރިއަންޓާ އެކު ކޮވިޑް-19 ހާލަތު އަނެއްކާ ވެސް ގިނަ ޤައުމުތަކުގައި ވަނީ ގޯސްވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!