އަމީތާބުގެ "ފްރެންޗް" ތުނބުޅިއަކީ ކާކުގެ ވިސްނުމެއް؟

ބޮލީވުޑްގެ ރަސްގެފާނު ކަމުގައިވާ އަމީތާބް ބައްޗަން އަބަދުވެސް ފެންނަނީ "ފްރެންޗް" ތުނބުޅިއަކާ އެކުއެވެ. އެނޫން ގޮތަކަށް އޭނާގެ ތުނބުޅިއެއް ނުބަަހައްޓައެވެ.
އަމީތާބްގެ ދެގޮތެއްނުވާ "ފްރެންޗް" ތުނބުޅިއާ ބެހޭގޮތުން ދާދިފަހުން އޭނާ މިވަނީ ވާހަކަ ދައްކާފައެވެ. އެގޮތުން އޭނާގެ ތުނބުޅި "ފްރެންޗް" ތުނބުޅިއަކަށް ހެދީ ޑައިރެކްޓަރ ރާކޭސް އޯމްޕްރަކާސް މެހްރާކަމަށް އަމީތާބް ވަނީ ބުނެފައެވެ.
"އޭނާއަކީ އަހަރެންގެ މި ފްރެންޗް ތުނބުޅި ޑިޒައިން ކުރި މީހާ. އެއީ ފިލްމް އަކްސް އަށް. އޭގެ ފަހުން އަހަރެންގެ ތުނބުޅި ހުންނާނީ މިހެން އަބަދުވެސް އޭހެެފަހަކުން ނުއެއް ބާލަން" އަމީތާބް ބުންޏެވެ.
2001 ވަނަ އަހަރު ނެރުނު ފިލްމް "އަކްސް" އަކީ ބިރުވެރި ފިލްމެކެވެ. ގިނަ އެވޯޑް ތަކެއްވެސް ހާސިލްކޮށްފައިވާ ފިލްމް އަކްސްއަކީ ރާކޭސް އޯމްްޕްރަކާޝް ގެ ފުރަތަމަ ޑައިރެކްޝަނެވެ. މިފިލްމްގައި އަމީތާބްގެ އިތުރުން މަަނޯޖް ބަަޖްޕާއި، ރަވީނާ ޓަންޑަން އަދި ނަންދިތާ ދާސްގެ އިތުުރުން ތަންވީ އަޒްމީވެސް ފެނިގެންދެއެވެ.
އޭގެ އިތުރުންވެސް ފިލްމް "ރަންގް ދޭ ބަސަންތީ"، "ދިއްލީ-6" އަދި ދާދިފަހުން ނުކުތް ފިލްމް "ތޫފާން"ވެސް ހިމެނެވެ. މީގެ ތެރެއިން އެންމެފަހުން ނެތުރުނު ފިލްމް "ތޫފާން" އަށް މިހާރުވެސް ވަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.