ބޮލީވުޑް

އާލިއާއަކީ ސުކޫލުދައުރުގައި ފެއިލްވި ކުއްޖެއް!

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޮލީވުޑްގައި އެންމެ ކާމިޔާބު އެއް ބަތަލާ ކަމަށްވާ އާލިޔާ ބަޓް އެންމެ ފުރަތަމަ މީހަކާ ލޯބީގެ ގޮތުން ގުޅުނީ ކިތައް އަހަރުންކަން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

އިންޑިއާގެ ބޮލީވުޑް ތަރިންގެ ތެރެއިން މިހާރު އެންމެ އަގުބޮޑުކޮށް ފިލްމު ކުޅޭ އެކްޓަރުންގެ ތެރޭގައި ހިމެނޭ އާލިއާ އަކީ ސްކޫލް ދައުރުގައިފެއިލްވި ކުއްޖެއް ކަމަށް ހަބަރުތަކުން ރިޕޯޓުކުރެއެވެ. ސްކޫލުގައި އުޅުނުއިރު ކިޔެވުމުގެ ބަދަލުގައި އެހެން ކަންކަމުގައި ޝާމިލުވެ އުޅުނެވެ.

އޭގެ ތެރެއިން އެއް ކަމަކަށް ވެގެން ދިޔައީ މީހުންނާ ރައްޓެހިވުމެވެ. “ސީރިއަސްގުޅުމެއް ނޫންކަމަށް ބުނެ އެތައް ކުދިންނާ ގުޅުން ބޭއްވިކަމަށް ހަބަރުތައް ބުނެއެވެ. ލޯބީގެ ގޮތުން އާލިއާ މީހަކާ ރައްޓެހިވީ އުމުރުން 12 އަހަރުގައެވެ.

އެ ގުޅުން 2 އަހަރަށް ދެމިގެންދިޔައެެވެ. އެއަށްފަހު ސްކޫލު ދައުރު ނިމި އެކްޓިންއަށް ފުރުސަތު ލިބުމުން އޭރު ރައްޓެހިވި ކުއްޖާއާ ރުޅިވިއެވެ. ދެން އާލިއާ ލޯބީގެ ގޮތުން ގުޅުނީ އެކުގައި އެންމެ ފުރަތަމަ ފިލްމުން ފެނިގެން ދިޔަ ސިދާތު މަލޯތްރާއާއެވެ.

ސިދާތުއާ ލޯބީގެ ގޮތުން ގުުޅިގެން އުޅުމަށް ފަހު މަޝްހޫރު ވާން ފެށުމުން ބޮލީވުޑްގެ އެހެން ތަރިއަކާ ގުޅުން ބޭއްވުމަށް އާލިއާ ސިދާތުއަށް “ޗީޓްކުރީ ކަމަށް ސިދާތު ބުނެއެވެ. އޭނާއަށް ފަހު ދެން އާލިއާ ރައްޓެހިވީ ބޮލީވުޑްގައި މަޝްހޫރު ތަރި ރަންބީރް ކަޕޫރްއާއެވެ

މިހައިތަނަށް އާލިޔާ ގިނަ ފިލްމުތައް ކުޅެފައިވާއިރު އާންމުންގެ ތެރޭގައި އެންމެ މަގުބޫލުކަން ހޯދީ "ސްޓޫޑަން އޮފް ދަ ޔިއަރ" ފިލްމުންނެވެ. އެއީ އާލިޔާ ފިލްމީ ދާއިރާއިން ފެނުނު ފުރަތަމަ ފިލްމު ވެސް މެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!