މަންމައާއި ބައްޕަ ވަކިވުމަކީ އެވަގުތު ނިންމި އެންމެ ރަނގަޅު ނިންމުން: ސާރާ

ބޮލީވުޑްގެ މަޝްހޫރު ފަންނާނުން ކަމުގައިވާ ސައިފް އަލީ ޚާނާއި އޭނާގެ ކުރީގެ އަނބިމީހާ އަމްރިތާ ސިންގްއާ ދެމީހުން ވަރިވުމަކީ އެވަގުތު ނިންމި އެންމެ ރަނގަޅު ނިންމުންކަމަށް އެމީހުންގެ ދޮށީ ދަރިފުޅު އަދި އަރަމުން އަންނަ ތަރި ސާރާ އަލީ ހާން ބުނެފިއެވެ.
ސާރާ ބުނިގޮތުގައި އުފާވެރިކަމެއް ނެތް ދިރިއުޅުމެއް އުޅުމަށް ވުރެ ވަކިން އުޅުން މާރަނގަޅު ކަމަށާއި އޭރުން ދެމީހުންނަށް ވެސް ހިތްހަމަޖެހޭނެ ކަމަށެވެ.
"އެއީ ވަރަށް ސިމްޕަލްކަމެއް. ދެގޮތެއް ފެންނަންޏާ. އެެހެން އުޅުމަށްވުރެ މާނައަކީ އުފާވެރިކަމެއް ނެތި އުޅުމަށްވުރެ ވަކިއުޅުނީމަ އެމީހެއްގެ ދިރިއުޅުމުގަ އެމީހަކަށް އުފަލުގައި އުޅެވޭނީ." ސާރާ ބުނެފައިވެއެވެ.

ސައިފް އަދި އަމްރިތާ ކައިވެނިކޮށްގެނ އުޅުނު އިރު
ސާރާ ބުނިގޮތުގައި އޭނާ ދިރިއުޅެނީ އޭނާގެ މަންމައާއެކުގައެވެ. އަދި މަންމައަކީ ސާރާގެ އެންމެ ގާތް އެކުވެރިޔާ ކަމަށާއި އޭނާގެ ހުރިހާ އެއްޗަކީ ވެސް މަންމަ ކަމަށް އޭނާ ބުންޏެވެ. އަދި ބައްޕައަކީ އަބަދުވެސް ސާރާއަށް ވަގުތު ހުސްކުރާ މީހެއް ކަމަށާއި ކައިރި ނުހުރެވުނަސް ފޯނުން ވެސް ބޭނުންވާ ކޮންމެ ގަޑިއަކު ބައްޕަ ހުންނަނީ ގާތުގައިކަމަށް ވެސް އޭނާ ބުންޏެވެ.
"އަހަންނަކަށް ހީއެއް ނުވޭ އެމީހުން އެކުގައި އުޅުނީ އުފަލުންހެންނެއް. އެހެންވީމަ ވަކިވުން އެއީ އެންމެ ރަނގަޅު ނިންމުން" ސާރާ ބުނެފައިވެއެވެ.
ސައިފް އަލީހާނާއި އަމްރިތާ ސިންގްގެ ކައިވެނި ރޫޅައިލައިފައި ވަނީ 2004 އަހަރުއެވެ. އެކައިވެންޏަށް ވަނީ ސާރާ އަލީ ޚާނާއި އިބްރާހިމް އަލީ ޚާން ލިބިފައެވެ.
އޭގެ ފަހުން ސައިފް ވަނީ ކަރީނާ ކަޕޫރްއާ އިނދެފައެވެ. އެ ކައިވެންޏަށް ވެސް ވަނީ ދެކުދިން ލިބިފައެވެ. އެއީ ތައިމޫރް އަލީ ޚާނާއި ޖެހް އަލީ ޚާނެވެ.