ސަރުކާރު ސިޔާސީ

ރައީސް ޞާލިޙްގެ ވަރުގަދަ ރައްދެއް އުމަރު ނަސީރަށް!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަޙީދުގެ މައްޗަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލައިގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދޫދެއްވަނީ އެ މަނިކުފާނު ކޮންޕްރޮމައިޒްވާ ފަދަ ލިޔުމެއް އަލީ ވަޙީދުގެ އަތުގައި އޮތުމުން ކަމަށް، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވި ވިދާޅުވުމަށް ރައީސް ޞާލިޙް މިއަދު ރައްދު ދެއްވައިފިއެވެ.

Ads by Hajj Corporation

ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޞާލިޙް ވިދާޅުވީ، އެމަނިކުފާނު އަމާން ދެއްވައި ދޫދެއްވަން ޖެހޭވަރުގެ ލިޔުމެއް އެއްވެސް މީހެއްގެ އަތުގައި ނޯންނާނެ ކަމަށެވެ. އަދި އެކަމުގެ ޔަޤީންކަން ދެއްވާކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ކޮމްޕްރަމައިޒްވާ ކަހަލަ އެއްވެސް ލިޔުމެއް އެއްވެސް އެއްޗެއް އެއްވެސް ބޭފުޅެއްގެ އަތުގައި ނޯންނާނެ. އޮތް ނަމަ ހަމަ ކުރައްވަންވީ." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ އަލީ ވަހީދުގެ މައްސަލައިގެ ޝަކުވާ އައުމާ އެކު އެ މުއައްޒަފުންނާ އެކު ބައްދަލުކުރެއްވި ކަމަށާއި އެ ކުދިން ކިޔައިދިން ވާހަކަތަކުގެ އަލީގައި އެ ވަގުތު އެޅެން އޮތް ފިޔަވަޅެއް އެޅުއްވި ކަމަށެވެ. އެ ގޮތުން، އަލީ ވަޙީދު މަގާމުން ވަކި ކުރައްވައި އެމައްސަލަ ތަޙްޤީޤު ކުރުމަށް ފުލުހުންނަށް އެންގެވިކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، މިހާރު ފުލުހުން އެ މައްސަލަ ތަހުގީގުކޮށް ޕީޖީއަށް ފޮނުވައި މައްސަލައިގައި ދައުވާ އުފުލައިފައިވާ ކަމަށާއި، މިހާރު އެ މައްސަލަ އޮތީ ކޯޓު މަރުހަލާގައި ކަމަށެވެ. އަދި އެ މައްސަލައަށް ހިނގަމުންދަނީ ޤާނޫންގެ ދަށުންތޯ ބައްލަވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އެކަން ފުރިހަމަ ކުރުމަށް ޓަކައި ދައުލަތުގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން އަޅުގަނޑު ފޯރުކޮށްދެމުން ގެންދާނަން. އަދި އެކަން ހިގަމުން ދަނީ ގާނޫނުތަކާއި ގާނޫނު އަސާސީއާ އެއްގޮތަށްތޯ ބެލުން ވެސް އެއީ އަޅުގަނޑަށް މަތިކޮށްފައި އޮތް މަސައްކަތެއް. އެހެންވީމަ ކޯޓު މަރުހަލާގައި ވެސް ތަހުގީގު މަރުހަލާގައި ވެސް ކަމެއް ހިނގަމުންދަނީ ގާނޫނު އަސާސީއާއި ގާނޫނުތަކާ އެއްގޮތަށްތޯ ބެލުމަށް ކުރަން ޖެހޭ މަސައްކަތް ކޮންމެ މަރުހަލާއެއްގައި އަޅުގަނޑު ކުރަމުން ގެންދާނަން" ރައީސް ވިދާޅުވިއެވެ.

Ads by Ooredoo
  1. ދަތި

    އެހެންވީމާ، އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން އިންޓަޕޯލް ނުވަތަ އެނޫންގޮތަކުންވެސް މާލެ ގެނައުމުގެ ބާރުނެތީތޯ. ނުވަތަ ފުރުވާލެވިގެން އެދިޔައީ ދައުލަތަށް ނޭނގިތޯ.