ނެޓްފިލިކްސުން ޑައިރެކްޓަރ ބަންސާލީއަށް 35 ކްރޯޑް ރުޕީސް

ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސްކުރާ ބޮޑު ވެބް ސީރީޒް "ހީރާމަންޑީ"ގެ ސީރިޒްގެ ފުރަތަމަ ސީޒަނަށް ނެޓްފިލްކްސުން 35 ކްރޯޑް ރުޕީސް ދިނުމަށް ހަމަޖެހިއްޖެއެވެ.
މި ސީރީޒްއަކީ އިންޑިއާގެ ސަރަޙައްދެއްގެ ޙަޤީޤަތާއި ފޮރުވިފައިވާ ސަޤާފަތް ދައްކުވައިދޭ ގޮތައް ކުޅޭ ފިލްމެކެވެ. މި ފިލްމުގައި ބޮލީވުޑްގެ ގިނަ ތަރިން ހިމެނޭއިރު ރޭކާއާއި މަދުރީ ވެސް ފެނިގެންދާނެއެވެ. މީގެ އިތުރުން އައިޝްވަރިޔާ ވެސް މި ފިލްމުން ފެނިގެންދާނެކަމަށް ޚަބަރުތައް ބުނެއެވެ.
މިސީރިޒްގެ ފުރަތަމަ ސީޒަނަށް ނެޓްފިލްކްސުން 35 ކްރޯޑް ރުޕީސް ދިނުމަށް އެއްބަސްވެފައި ވީނަމަވެސް މި ސީރީޒް ނެޓްފްލިކްސްއިން ގެނެސްދޭނީ ކޮން ދުވަހަކު ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސްކުރާ މި ވެބް ސީރީޒްއަށް އާންމުންގެ ބޮޑު މަގުބޫލުކަމެއް ލިބިފައިވާއިރު މި ފިލްމް ނިކުންނާނެ ދުވަހެއްގެ އިންތިޒާރުގައި ގިނަ ބަޔަކު އެބަ ތިބި ކަމަށް ރިޕޯޓުކޮށްފައިވެއެވެ.