ސަރުކާރު

މާދާމާ ކަރަންޓު ދެނީ ޓަވަރު 7އާއި 8 އަށް: ސްޓެލްކޯ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީ ސަރުކާރުން ތަރައްޤީ ކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމް ކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން މާދަމާ ކަރަންޓު ދޭނީ ޓަވަރު 7އާއި 8އަށް ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ބުނެފިއެވެ.

Ads by STELCO

އެގޮތުން އެ ކުންފުނީގެ އޮފިޝަލަކު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހިޔާ ޓަވަރުތަކަށް ކަރަންޓު ދިނުމަށްޓަކައި މާދަމާ 7 އަދި 8 ވަނަ ޓަވަރުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް ހާޒިރުވާން ޖެހޭ ގަޑި އެސްއެމްއެސް މެދުވެރިކޮށް އަންގާނެ ކަމަށާއި އެ މީހަކަށް ހާއްސަ ކުރެވިފައިވާ ގަޑިއަށް ސްޓެލްކޯއިން ދޫކޮށްފައިވާ ސްލިޕާ އެކު ޓަވަރުތަކަށް ހާޒިރުވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ހިޔާ ފްލެޓުތަކުގެ ޓަވަރުތަކަށް ކަރަންޓު ދޫކުރަން ސްޓެލްކޯއިން ފަށައިފައި ވަނީ އިއްޔެއެވެ.

ދުވާލަކު ދެ ޓަވަރަށް ކަރަންޓު ދޭން ހަމަޖެހިފައިވާއިރު އިއްޔެ ކަރަންޓު ދީފައި ވަނީ 15 އަދި 16 ވަނަ ޓަވަރަށް ކަމަށެވެ.

މި މަސައްކަތް ކޮންމެ ދުވަހަކު ވެސް ހެނދުނު 9:00އިން ހަވީރު 5:00އަށް ކުރިޔަށްދާނެ ކަމަށާއި މި ދެ ޓަވަރުން ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް ސްޓެލްކޯއިން އެސް.އެމް.އެސްއެއް ފޮނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

"އެސް.އެމް.އެސް ލިބުމުން ކަރަންޓު ލުމަށް ޓަކައި ސްޓެލްކޯއާ އެކު ސޮއިކޮށްފައިވާ ފަރާތްތަކުން ސްޓެލްކޯއިން ދޫކޮށްފައިވާ ސްލިޕާ އެކު، އެ ޓަވަރަކަށް ވަޑައިގަތުމުން އެ ފްލެޓަކަށް ކަރަންޓު ދެވިގެންދާނެ." ސްޓެލްކޯއިން ބުންޏެވެ.

މީގެ އިތުރުން ސްޓެލްކޯއިން ބުނީ، މި މަސައްކަތުގެ ބާވަތުން އެ ދުވަހަކު ކަރަންޓު ދިނުމަށް ހަމަޖެހިފައިވާ ދެ ޓަވަރުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސް.އެމް.އެސް ލިބި ހާޒިރު ނުވެވިއްޖެ ކަމަށްވާ ނަމަ، އެ ފަރާތަކަށް ދެން އެ ފުރުސަތު ދެވިގެން ދާނީ ބާކީ ހުރި ޓަވަރުތަކަށް ކަރަންޓުދީ ނިމުމުން ކަމަށެވެ. އެހެން ކަމުން ކޮންމެ ދުވަހަކު ވެސް ކަރަންޓު ދެވޭ ޓަވަރުތަކުން ފްލެޓް ލިބިފައިވާ ފަރާތްތައް އެ ދުވަހަކު ހާޒިރުވުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮންމެ ދުވަހަކު ވެސް ، ޖެހިގެން އަންނަ ދުވަހު ކަރަންޓު ދެވިގެންދާނެ ދެ ޓަވަރު ސްޓެލްކޯގެ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނާއި ހިއްސާކުރަމުން ގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!