ޚަބަރު އިޖުތިމާޢީ

ކޮއްކޮގެ ޓެބްލެޓް ވިއްކައިލުމާ ގުޅިގެން ޖަލަށް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އެޑިޔުކޭޝަން މިނިސްޓްރީން ދަރިވަރުންނަށް ދީފައިވާ ޓެބްލެޓްތަކުން ޓެބެއް ވަގަށް ނަގައިގެން ވިއްކައިލި މީހެއްގެ މައްޗަށް ދެމަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

Ads by Hajj Corporation

ކްރިމިނަލް ކޯޓުން ކޮށްފައިވާ މިހުކުމަކީ މީހެއްގެ ކޮއްކޮއަކަށް އެޑިޔުކޭޝަން މިނިސްޓްރީން ދޫކޮށްފައިވާ ޓެބްލެޓް 2019 ވަނަ އަހަރު ވަގަށް ނަގައި ވިއްކާލި ދައްތައެއްގެ މައްޗައް ކުރި ހުކުމެކެވެ.

މިދިޔަ ބުދަދުވަހު ހުކުމްކޮށްފައިވާ މިމައްސަލައިގައި ހުކުމްކޮށްފައި ވަނީ ލ. ގަމަށް ނިސްބަތްވާ މީހެއްގެ މައްޗަށެވެ. މި މައްސަލައިގެ ތަހުގީގުން އެނގިފައިވާ ގޮތުގައި މީހަކު އޭނާގެ ކޮއްކޮގެ ޓެބްލެޓް ވަގަށް ނަގައިފައި ވަނީ މަސްތުގެ ހާލަތުގައި ހުރެގެންނެވެ. އަދި އެ ޓެބްލެޓް ވިއްކައިލައިފައި ވަނީ 300 ރުފިޔާއަށް ކަމަށް ވެސް ތަހުގީގަށް ވަނީ އެނގިފައެވެ.

މިމައްސަލައިގައި އެޓެބްލެޓް ގަތް މީހާ ބުނި  ގޮތުގައި އެމީހާ އޭތި ގަތް އިރު އެއީ މިނިސްޓްރީން ދަރިވަރުންނަށް ދީފައިވާ ޓެބްލެޓްތަކުގެ ތެރެއިން ޓެބެއްކަމެއް ނޭނގެއެވެެ. އަދި އެމީހާ އޭތި ގަނެފައިވީ ނަމަވެސް އޭގެ ބޭނުންވެސް ކޮށްފައެއް ނުވެއެވެ.

ކޮއްކޮގެ ޓެބްލެޓް ވިއްކައިލި ކަމުގެ ކުށް ސާބިތުވެ ދައްތަގެ މައްޗަށް ދައުލަތުން އުފުލި ދައުވާގެ އަދަބެއްގެ ގޮތުގައި 4 މަހާއި 24 ދުވަސް ކަނޑައަޅައިފައިވީ ނަމަވެސް ޝަރީއަތުގައި ދައްތަގެ ކުށަށް އިއުތިރާފްވެ ތަހުގީގަށް އެއްބާރުލުން ދީފައިވާތީ އޭނާގެ މައްޗަށް އިއްވައިފައި ވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

Ads by Ooredoo
  1. ކަނބުލޮ

    މިގޮތަށް ވައްކަންކުރަން ދަސްކޮށްބަލަ