ރައީސް ނަޝީދަށް މަރުގެ އިންޒާރުދިން މީހަކު ހައްޔަރުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް "ބަދުރުގެ ދުވަހު އަބޫ ޖަހުލަށް ހެދި ގޮތް" ހަދާނެ ކަމަށް ބުނެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފިއެވެ.
ރައީސް ނަޝީދުގެ ހަށިކޮޅަށް ގެއްލުން ދޭނެ ކަމަށް ސޯޝަލް މީޑިއާގައި ބުނި ދިވެހި ފިރިހެނަކު، ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވެސް ވަނީ މިއަދު ވިދާޅުވެފައެވެ. އަދި އެއީ 40 އަހަރުގެ މީހެއްކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފި ނަމަ "ބަދުރުގެ ދުވަހު އަބޫ ޖަހުލަށް ހެދި ގޮތް" ހަދާނެ ކަމަށާއި ދެން ފަހަރަކުން އެއަށްވުރެ ހިތި ވާނެ ކަމަށް ބުނި މީހަކު ހައްޔަރުކޮށްފައި ވަނީ ރ.މީދޫންނެވެ.
މިދިޔަ މެެއި މަހުގެ 6ވަނަަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލައިގައި ލިބުނު ޒަހަމްތަކަށް އެމަނިކުފާނު އަދިވެސް ދަނީ ފަރުވާ ހޯއްދަވަމުންނެވެ.
ހަމަލާގެ ތަހްގީގު އަދި ނުނިމި ކުރިއަށްދާ މި ދަނޑިވަޅުގައި ތަޙްޤީޤު ނިމި، އެކަން ރާވައި ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެވި، ހައްޔަރުގައި ބޭތިއްބުމުގެ ކުރީގައި އެނބުރި ރާއްޖެއަށް އައުމަށް ޖެހިލުންވާކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުﷲއަށް އެޑްރެސް ކުރައްވައި ރައީސް ނަޝީދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މިވަގުތު ރާއްޖެއަށް އައުމަށް އާއިލާއާއި، ހެޔޮއެދޭ އެތައް ބަޔަކު ވެސް އަދި އެމަނިކުފާނު ވެސް ޖެހިލުންވާ ކަމަށެވެ.
ރ. މީދޫއެއް އޮވޭތަ؟
ކޮއިފުޅާ ރ.މީދޫއެއް އޮވޭ. ރ.އަތޮޅުގަ.
ތިހެންހަދަމިންގޮސްއޮރިޔާވެސްދައްކާފާނެލިންނޭގޭ
ހާދަސަޅިހަށިގަޑެކޭދ