ދުނިޔެ

ލަންކާގައި ފުރަބަންދުގެ މުއްދަތު އިތުރުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ސްރީލަންކާގައި އިއުލާންކޮށްފައިވާ ފުރަބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

Ads by WAMCO

މި މަހުގެ 20ވަނަ ދުވަހު ސްރީލަންކާ ފުރަބަންދު ކޮށްފައި ވަނީ ބަލި ކޮންޓްރޯލް ނުކުރެވި ބައްޔަށް ގިނަ މީހުން ފައްސިވަމުން ދިޔުމާ ގުޅިގެންނެވެ. އެ މުއްދަތު އަންނަ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހުގެ ފަތިހު ހަތަރަކާ ހަމަޔަށް އިތުރުކޮށްފައިވާކަމަށް އެގައުމުގެ ސަރުކާރުން މިއަދު ވަނީ އިއުލާންކޮށްފައެވެ.

ލަންކާގައި ކޮވިޑް ހާލަތު ވަނީ ވަރަށް ގޯސްވެފައެވެ. ކޮންމެ ދުވަހަކު ވެސް އެތައް ބައެއް ދަނީ ބައްޔަށް ފައްސިވަމުންނެވެ. ދުވާލެއްގެ މައްޗަށް ކޮންމެ ދުވަހަކު ވެސް 4،000އާއި 5،000 ދެމެދުގެ އަދަދަކަށް މީހުން އެގައުމުން ބައްޔަށް ފައްސިވަމުންދެއެވެ. އަދި މަރުވާ މީހުންގެ އަދަދުތައް ވެސް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.

ކޮވިޑް ޖެހިގެން މިއަދު ލަންކާއިން ދިވެއްސަކު ވެސް ވަނީ ނިޔާ ވެފައެވެ. ކޮލަންބޯގައި ހުންނަ ދިވެހި ހައިކޮމިޝަނުން މިހާރު ދަނީ ސްރީލަންކާގައި މަރުވި މީހާގެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!