އެމެރިކާ

އެމެރިކާއިން އަނެއްކާ ވެސް އަފްގާނިސްތާނަށް ހަމަލާ ދީފި، މިފަހަރު ބުނީ ހަމަލާ ދެނީ އައިއެސްއަށް ކަމަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
Helicopters carrying U.S. Army soldiers from the 1-320 Field Artillery Regiment, 101st Airborne Division, take off from Combat Outpost Terra Nova as the soldiers head home following a 10-month deployment in the Arghandab Valley north of Kandahar April 23, 2011. REUTERS/Bob Strong (AFGHANISTAN - Tags: MILITARY POLITICS IMAGES OF THE DAY)

އައިއެސްއަށް ހަމަލާދޭން ކަމަށް ބުނެ، އެމެރިކާއިން އަނެއްކާ ވެސް އަފްގާނިސްތާނަށް ހަމަލާ ދީފިއެވެ.

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އެމެރިކާއިން މި ހަމަލާ ދީފައި މި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކާބުލްގެ އެއާޕޯޓު ބޭރުން ދިން ބޮމުގެ ހަމަލާއަކަށް ފަހުގައެވެ. އައިއެސްއިން ޒިންމާ ނަގައިފައިވާ ބޮމުގެ އެ ހަމަލާގެ ސަބަބުން 175 މީހުން މަރުވެފައިވެއެވެ. އޭގެ ތެރޭގައި އެމެރިކާގެ 13 ސިފައިންގެ މީހަކު ވެސް ހިމެނެއެވެ.

އައިއެސްއާ ދެކޮޅަށް ކަމަށް ބުނެ އެމެރިކާއިން މިއަދު ހަމަލާ ދީފައި ވަނީ އަފްގާނިސްތާނުގެ ނަންގަރްހާރް ޕްރޮވިންސަށެވެ.

ޔޫއެސް ސެންޓްރަލް ކޮމާންޑުން ނެރުނު ބަޔާނެއްގައި ކެޕްޓަން ބިލް އާބަން ބުނެފައި ވަނީ އެމެރިކާއިން މިއަދު ދިން މި ހަމަލާ "ޓާގެޓް ކުރި ފަރާތް މަރައިލެވިފައިވާ"ކަމަށެވެ.

"އަފްގާނިސްތާނުގެ އެއްވެސް ރައްޔިތަކަށް މި ހަމަލާގައި އެއްވެސް އަނިޔާއެއް ލިބިފައިވާ ކަމަށް އަދި ރިޕޯޓު ކޮށްފައެއް ނުވޭ." އައިއެސްއަށް ދިން ހަމަލާއެއް ކަމަށް ތަކުރާރުކޮށް ބުނަމުން ކެޕްޓަން އާބަން އެ ބަޔާނުގައި ބުނެފައިވެއެވެ.

ރޮއިޓާސްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޑްރޯނެއް ބޭނުން ކޮށްގެން އެމެރިކާއިން މި ހަމަލާ ދީފައި ވަނީ ދެ މީހަކަށް އަމާޒުކޮށްފައެވެ. އެ ދެމީހުންނަކީ ވެސް އައިއެސް ޖަމާއަތަށް ނިސްބަތްވާ ދެ މީހުން ކަމަށް ބެލެވޭ ކަމަށާއި ހަމަލާ ދީފައި ވަނީ އެ މީހުން ކާރެއްގައި ދަނިކޮށް ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ. މިހަމަލާގައި އެ ދެމީހުން ވެސް ގަތުލުވެފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

Ads by Allied Insurance
  1. އަޙްމަދު ނަޝީދު

    އެމެރިކާ ތީ ހަމަ ބޮޑު ބަލާއެއް. އިސްލާމީ ޤައުމަކަށް އަރައިނުގަނެ ހިނދުކޮޅެއްދިޔަޔަސް އެމެރިކާގެ ސަލާމަތަށް ނުރައްކާވެފައި އެއޮތީ. އަޅެ ވެއްޖެނު އިސްލާމީ ހުރިހާ ޤައުމެއް އެކައްޗެއްކިޔާފާ އެމެރިކާޔާ ގުޅޫން ކަޑާލަން. މިދެން ކިހާބޮޑު ކަމެއް ދިމަވެފައޮތް