ޚަބަރު ރައްޔިތުންގެ މަޖިލިސް

ހަގީގަތް އެނގި ސާފުވާނީ 2023ގެ ފަހުން: ޝަރީފް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
އާދަމް ޝަރީފް އުމަރު.. ދެން އިމޭޖްސް

ލީކްވެފައިވާ ފަނޑިޔާރުންގެ އޯޑިޔޯތަކުގެ ހަގީގަތް އެނގޭނީ 2023ގެ ފަހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

Ads by MWSC

އޯޑިޔޯތަކާއި ގުޅޭ ގޮތުން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖޭއެސްސީން އޯޑިޔޯތަކުގެ ތަހްގީގު ފެށުމުގެ ކުރިން އެ އޯޑިޔޯތަކަކީ ސައްހަ އެއްޗެއް ނޫންކަމަށް ފަނޑިޔާރުން ވިދާޅުވި ނަމަ ގަބޫލުކުރަން ތަންކޮޅެއް ފަސޭހަވީސްކަމަށެވެ.

“ޖޭއެސްސީން ތަހްގީގް ކުރަންފެށުމުގެ ކުރިން އެ އޯޑިޔޯއަކީ ސައްހަ އެއްޗެއް ނޫންކަން ފަނޑިޔާރުން ވިދާޅުވި ނަމަ ގަބޫލުކުރަން ތަންކޮޅެއް ފަސޭހަވީސް. ވަޒީފާގެ ބިރަށް މިހާރު ވިދާޅުވާން ވާނީ ތިޔަހެން. ހަގީގަތް ސާފުވާނީ 2023ގެ ފަހުން. އިންތިޒާރުކޮށްލައްވާ.” އާދަމް ޝަރީފްގެ ޓްވީޓްގައި ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ހުކުމް އިއްވުމަށް ނުފޫޒު ފޯރުވިކަމަށް ދޭހަވާ ގޮތަށް ކްރިމިނަލް ކޯޓްގެ ތިން ފަނޑިޔާރުންތަކެއް ދައްކައިފައިވާ ވާހަކަތައްކަމަށް ބުނާ އޯޑިއޯތަކަކީ ސައްހަ އެއްޗެއް ނޫންކަމަށް އެފަނޑިޔާރުން ވަނީ ބުނެފައެވެ. ލީކްވެފައިވާ އޯޑިޔޯތަކުގެ މައްސަލަ ބޮޑުވެފައިވާއިރު އޯޑިއޯ އާންމުވުމާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވަނީ ހާއްސަ ތަހުގީގެއް ފަށައިފައެވެ.

އެހެން ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ހުކުމް އިއްވުމަށް ނުފޫޒު ފޯރުވިކަމަށް ދޭހަވާ ގޮތަށް ކްރިމިނަލް ކޯޓްގެ ތިން ފަނޑިޔާރުންތަކެއް ދައްކައިފައިވާ ވާހަކަތައްކަމަށް ބުނާ އޯޑިއޯތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލަން ވަނީ ފާސްކޮށްފައެވެ.

Ads by HDC
  1. ކުޑަމާލޭ މޮހޮނދުބޭ

    އަޅެ ކޮންމެ އެއްޗެއް ކޮންމެ މީހަކު ބުންޏަސް އަމިއްލަޔަށް ” ތިމަަންނަގެ ގެޔަސް ވައްދަނީ ހަލާލުނޫން ފައިސާ ކަމަށް އަމިއްލަޔަސް އިއުތިރާފް ވީމަ ދެން ކިޔާނެ އެއްޗެއްނޯންނާނެ ދޯ އަދި އަމުދުން ރައީސަކު. އަމިއްލަޔަށް ރައްޔިތުން ކުރިމަތީގަ ތިމާ ފްރޭމްވީމަ ދެން ކިޔަނެ އެއްޗެއް ނޯންނާނެ ދޯ