ސިޔާސީ

އިދިކޮޅުގެ ތުހުމަތު: ލީކުވެފައިވާ އޯޑިއޯތަކުގެ މައްސަލައިގައި ޖޭއެސްސީން ދަނީ ފަނޑިޔާރުންނަށް ބިރުދައްކަމުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއަށް ހުކުމް އިއްވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނި ވަޑައިގަންނަވާ ތިން ފަނޑިޔާރެއްގެ އޯޑިއޯތަކެއް ލީކުވެފައިވާ މައްސަލައިގައި، ޖުޑީޝަލް ސާވިސް ކޮމިޝަަން (ޖޭއެސްސީ)އިން އެ ފަނޑިޔާރުންނަށް ބިރުދައްކާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ތުހުމަތު ކުރައްވައިފިއެވެ.

Ads by Sosun Fihaara

ޕީޕީއެމް/ޕީއެންސީގެ ފަރާތުން މިކަމާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަކީ ސަރުކާރުގެ ފަރާތުން ފަނޑިޔާރުންނަށް ވަރަށް ބޮޑަށް ސިޔާސީ ނުފޫޒު ފޯރުވާ ބިރު ދައްކާ ރަހީނު ކޮށްގެން ކޮށްފައިވާ ހުކުމެއްކަމަށް ފަނޑިޔާރުން އެއްބަސްވާ އޯޑިއޯއާ ގުޅިގެން ޖޭއެސްސީން ކަން ކުރަމުން ގެންދާ ގޮތާ މެދު އެ ކޯލިޝަނުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ.

އެ އޯޑިއޯތަކަކީ އެއްވެސް އަސްލެއް ނެތް އޯޑިއޯތަކެއް ކަމަށް ދެއްކުމަށް ޓަކައި އެ ފަނޑިޔާރުންނަށް އިތުރަށް ބިރު ދައްކާ ސިޔާސީ ނުފޫޒު ފޯރުވުމަށް ކުރަމުން ގެންދާ މަސައްކަތް އިދިކޮޅު ކޯލިޝަންގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

"ލީކުވެފައިވާ އޯޑިއޯތަކުން ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި ބެންޗުގައި ހިމެނޭ ފަނޑިޔާރުން ކޮމްޕްރޮމައިޒްވެ އެ ފަނޑިޔާރުންގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެދޭ ކަންކަން ހިނގާފައިވާކަން ވަނީ ފާހަގަ ވެފައެވެ. އަދި އެމަނިކުފާނާ ދެކޮޅަށް ހެކިބަސް ދީފައިވާ ބޭފުޅަކު ވެސް އެ މަނިކުފާނާ ދެކޮޅަށް ހެކިބަސް ދީފައި ވަނީ ސިޔާސީ ނުފޫޒު ފޯރުވައިގެން ކަމަށް ބުނާ އޯޑިއޯ ވެސް ވަނީ ލީކުވެފައެވެ." އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން އިތުރަށް ބުނެފައި ވަނީ އޯޑިއޯގެ މައްސަލަ ބަލަނީ ކަމަށް ބުނެ، އެ ފަނޑިޔާރުންނަށް އިތުރަށް ބިރު ދައްކާ ރަހީނުކޮށް، ސިޔާސީ ނުފޫޒު ފޯރުވުމަށް ޖޭއެސްސީ މެންބަރުން ހިންގާ "ހަޑިމުޑުދާރު ޖަރީމާ" މިހާރުން މިހާރަށް ހުއްޓައިލައި، އެ ފަނޑިޔާރުންގެ މައްސަލަ ތަހުގީގު ކުރާ ނަމަ މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ހާމަކަން ބޮޑު ގޮތެއްގައި އެ ތަހުގީގު ހިންގުމަށެވެ.

Ads by HDC
  1. ޙަނަފީ

    ސަޅިރޭވުމެއް! ޔަގީން ޔާމީންގެ މޮޅުބުއްދި.