ވެކްސިން ނުޖަހާ ތިބި މީހުންނަށް މާދަމާއިން ފެށިގެން ގިނަ ހުރަސްތަކެއް

ކޮވިޑް-19އިން ދިފާޢު ވުމަށް ވެކްސިން ޖަހައިފައި ތިބި މީހުންނަށް ފަސޭހަތަކެއް ލިބިފައިވާއިރު، ވެކްސިން ނުޖަހާ ތިބި މީހުންނަށް މާދަމާއިން ފެށިގެން ހުރަސްތަކެއް ކުރިމަތިވާނެއެވެ.
އެގޮތުން ވެކްސިން ނުޖަހާ ތިބި މީހުންނާ މެދު އަޅާނެ ފިޔަވަޅުތަކެއް ސަރުކާރުން ވަނީ މީގެ ކުރިން ވެސް ބުނެފައެވެ.
ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިން ނުޖަހައި ތިބި މީހުންނަށް މާދަމާއިން ފެށިގެން އަޅައި ފިޔަވަޅުތަކަކީ:
▪︎ ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތް ހޯދުން މަނާކުރުން.
▪︎ ސްކޫލްތަކަށް ވަނުން މަނާކުރުން.
▪︎ ކެފޭ ރެސްޓޯރަންޓުތަކުން ޚިދުމަތް ހޯދުން މަނާކުރުން.
▪︎ އޮފީސްތަކަށް ގޮސް މަސައްކަތްކުރުން މަނާކުރުން.
▪︎ސެލޫންތަކަށް ވަދެ ޚިދުމަތް ހޯދުން މަނާކުރުން.
▪︎ވެކްސިން ފުރިހަމަ ނުކުރާ މީހުން ރަށްރަށަށް ގޮސް ކަރަންޓީނު ނިންމުމަށް ފަހު ނަގާ ރިލީޒް ސުންކުތަކަށް ފައިސާ ދައްކަން ޖެހުން.
ވެކްސިން ނުޖަހާ މީހުންނަށް އެ ދުވަހުން ފެށިގެން މާލޭގެ އިތުރުން ރަށްރަށުގައި ހިންގާ ކެފޭ ރެސްޓޯރެންޓް ތަކަށް ވަދެގެން ޚިދުމަތް ހޯދުން ވެސް މަނާ ވާނެއެެވެ.