ބޮލީވުޑް މުނިފޫހިފިލުވުން

ސިދާތުގެ ކުއްލި މަރާއެކު ޝެހެނާޒްގެ ހާލަތު ގޯސްވެއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ސިދާތު އާއި ޝެހެނާޒް

އެކްޓަރ ސިދާތުގެ ކުއްލި މަރާ އެކު އޭނާގެ ލޯބިވެރިޔާ ޝެހެނާޒް ގިލްގެ ހިތް ހަލާކުވެފައިވާކަމަށާއި އޭނާގެ ހާލަތު ރަނގަޅު ނޫންކަމުގައި އިންޑިޔާގެ މީޑިޔާތަކުން ރިޕޯޓްކޮށްފިއެވެ.

Ads by MWSC

ސިދާތު މަރުވެފައި ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި ހާޓް އެޓޭކެއް ޖެހިގެންނެވެ. ސިދާތުގެ މަރުގެ ހަބަރު ލިބުނުއިރު ޝެހެނާޒް ހުރީ ޝޫޓިންއެއްގައި ކަމަށާއި އެ ޚަބަރާ އެކު އޭނާ ވަނީ ވަގުތުން ޝޫޓިން ދޫކޮށް ގޮސްފައިކަމަށް ވެސް ރިޕޯޓްތަައް ބުނެއެވެ.

ޝެހެނާޒްގެ ބައްޕަ ސަންތޯކް ސިންގ މީޑިޔާތަކަށް މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި ސިދާތުގެ މަރާ އެކު ޝެހެނާޒްއަށް ވަނީ ކުއްލި ސިހުމެއް ލިބިފައެވެ.

"އޭނާގެ ހާލު ރަނގަޅެއް ނޫން. އަހަރެން ޝެހެނާޒްއާ ވާހަކަ ދެއްކިން. އަހަރެންގެ ފިރިހެން ދަރި ޝެހެބާޒް މިހާރު ވަނީ މުމްބާއީއަށް ޝެހެނާޒް ގާތަށް ގޮސްފައި" ޝެހެނާޒްގެ ބައްޕަ ބުންޏެވެ.

ބޮލީވުޑްގެ ފިލްމްތަކުން ވެސް ފެނިގެން ގޮސްފައިވާ ސިދާތު މަރުވެފައި ވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައެވެ. އޭނާ މަރުވެފައި ވަނީ ހާޓް އެޓޭކެއް ޖެހިގެންކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާކަމަށް އޭނާގެ ހަށިގަނޑު ބެލި ކޫޕަރ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އުމުރުން 40 އަހަރުގެ ސިދާތު ވަނީ ކާމިޔާބު އެތައް ޑްރާމާއެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައެވެ. އޭނާގެ މަރުގެ ހަބަރާއެކު އިންޑިޔާގެ ފަންނާނުން ވަނީ ބޮޑު ޝޮކެއްގެ ތެރޭގައެވެ. އަދި ފޭނުން ދަނީ އެކަމާ ހިތާމަ ފާޅުކޮޅު މުޅި ސޯޝަލް މީޑިޔާ ފުރައިލައިފައެވެ. ފޭނުން ބުނާ ގޮތުގައި މިއީ ގަބޫލުކުރަން ދަތި ޚަބަރެކެވެ.

Ads by HDC
  1. ގާސިމް

    ޝެހޭ ދެރަވާނެކަމެއްނެތް.ރާއްޖެ އާދޭ.އިންނަން ރެޑީގަ މިހިރީ.ރާނީވެސް ގޮއްސި ދޫކޮށްފަ.