ޚަބަރު އިޖުތިމާޢީ

ކުޅުދުއްފުށީ ލޯކަލް މާރުކޭޓް ކޮވިޑް ފެސިލިޓީއަކަށް ބަދަލު ކުރަނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ އަވަސް

ކުޅުދުއްފުށީ ސިޓީގައި މިހާރު ވެސް ފުލޫ ކުލިނިކެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ އެސިޓީގެ ލޯކަލް މާރުކޭޓް ކޮވިޑް ފެސިލިޓީއަކަށް ބަދަލު ކުރަން ނިންމައިފިއެވެ.

މިކަން އިއުލާނުކޮށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ ކުޅުދުއްފުށީ ސިޓީގައި ކޮވިޑް ބަލިމީހުންނަށް ފަރުވާ ދިނުމަށް ޓަކައި، ކޮވިޑް ފެސިލިޓީއެއް ޤާއިމު ކުރުމަށް ނިންމައިފައިވާތީ މިހާރު ފުލޫކުލިނިކެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ލޯކަލް މާރުކޭޓު އިމާރާތަށް ގެންނަށް ޖެހޭ ބަދަލުތައް ގެންނަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން އެމަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް 2 ސެޕްޓެންބަރު 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން 13 ސެޕްޓެންބަރު 2021 ވާ ހޯމަ ދުވަހުގެ ދުވަހުގެ 13:30ގެ ނިޔަލަށް އެ ފުރުސަތު ހުޅުވައިލާފައިވާކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.

"ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވުމަށްފަހު 2 ސެޕްޓެންބަރު 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން 13 ސެޕްޓެންބަރު 2021 ވާ ހޯމަ ދުވަހުގެ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ." ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިއުލާނުގައި ވިދާޅުވިއެވެ.

މިކަމާބެހޭ ގޮތުން އިިތުރު މައުލޫމާތު ސާފުކުރުން އޮންނާނީ 14 ސެޕްޓެންބަރު 2021 ވާ އަންގާރަ ދުވަހުގެ 10:30ގައި ކަމަށާއި އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 22 ސެޕްޓެންބަރު 2021ވާ ބުދަ ދުވަހުގެ 10:30 ގައިކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!