ދީން

ސިޔާސީ ބޭނުމަށް ޚުތުބާއާ ކުޅެމުން އައި އައުން ބަދަލު ކޮށްލީ މިއަދުގެ މިނިސްޓްރީން: ޝެއިޚް އަނީލް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އައްޝެއިޚް މުޙައްމަދު އަނީލު/ ފޮޓޯ: ދި އިސްލާމް

ސިޔާސީ ބޭނުމަށް ޚުތުބާއާ ކުޅެމުން އައި އައުން ބަދަލު ކޮށްލީ މިއަދުގެ އިސްލާމިކް މިނިސްޓްރީއިން ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ނޫރުލްއިސްލާމް ޖަމިއްޔާގެ ރައީސް އައްޝެއިޚް މުޙައްމަދު އަނީލް ވިދާޅުވެއްޖެއެވެ.

Ads by STELCO

ޝެއިޚް އަނީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޚުތުބާއަކީ ކަލަންޑަރުގެ ދުވަސްތައް ފާހަގަ ކުރާ އެއްޗަކަތް ކުރީ މި ސަރުކާރުގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަމަށެވެ.

އެގޮތުން ކުރީ ސަރުކާރުން ނެރުނު "ހާކިމާއަކީ ނިޢުމަތެއް" ފަދަ ސިޔާސީ ޚުތުބާތައް މަތިން ހަނދާން ނުނެތޭ ކަމަށް ވެސް ޝެއިޚް އަނީލް ވިދާޅުވިއެވެ.

"ޑރ. މަޖީދު (ރަޙިމަހުﷲ)ގެ މިނިސްޓަރު ކަމުން ފެށިގެން، 2015 އާ ހަމައަށް މިކަން އޮތީ ރަނގަޅަށް. އޭގެ ފަހުން އައި ހުރިހާ ޚުތުބާއެއްހެން އެ ހަފްތާއެއްގައި ކަލަންޑަރުގައި ފާހަގަކުރާ ދުވަސްތަކަށް ޚާއްސަކޮށް، ސިޔާސީ ބޭނުމަށް ޚުތުބާއާ ކުޅެމުން އައި އައުން ބަދަލުކޮށްލީ މިއަދުގެ މިނިސްޓްރީއިން" އައްޑޫސިޓީ ހިތަދޫގެ ސީނިއާ އިމާމުކަމުގެ މަގާމުވެސް އަދާކުރައްވަމުން ގެންދަވާ ޝެއިޚް އަނީލް ވިދާޅުވިއެވެ.

ޝެއިޚް އަނީލް މިހެން ވިދާޅުވެފައި މިވަނީ ޚުތުބާގައި އާއްމުކޮށް ދެއްވަނީ ވަރަށް ރަނގަޅު ނަސޭހަތް ކަމަށާއި އެހެން ނަމަވެސް އިއްޔެގެ ހުކުރު ޚުތުބާގައި ސިޔާސީ ކުލަ ޖެހިފައިވާ ކަމަށް ވިދާޅުވެ، އިސްލާމިކް މިނިސްޓްރީއަށާއި އަދާލަތު ޕާޓީއަށް، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ފާޑު ވިދާޅުވުމުންނެވެ.

ހުކުރު ޚުތުބާގައި ސިޔާސީ ކުލަ ޖެހިފައިވާ ކަމަށް ތުހުމަތު ކުރައްވަމުން ޝިޔާމް ވިދާޅުވީ، އިދިކޮޅު ކޯލިޝަނުން "އައްޑަނަ"ގެ ނަމުގައި ރޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިގޮތުން ވިދާޅުވީ، ހުކުރު ޚުތުބައަކީ މި ސަރުކާރުގެ މިނިސްޓްރީއަކުން ނިކުންނަ އެއްޗެއް ކަމަށާއި އެ މިނިސްޓްރީގައި މިއަދު ހުންނެވީ އަދާލަތު ޕާޓީގެ ބޭފުޅެއް ކަމަށެވެ. އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އަކީ ސިޔާސީ މަންފާއެއް ހޯދުމަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ މީހެއް ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ. މީގެ އިތުރުން ޝިޔާމް ވިދާޅުވީ، އިއްޔެގެ ޚުތުބާގައި ސިޔާސީ ކުލަ ޖެހިފައިވާ ކަމަށާއި ޚުތުބާގެ މައިގަނޑު މަޤްސަދަކަށް ވެފައިވަނީ ސަރުކާރުގެ މޫނުމަތި ރީތި ކުރުން ކަމަށެވެ.

އިއްޔެގެ ހުކުރު ޚުތުބާ ގެނެސްދީފައިވަނީ "އިސްލާމް ދީނުގައި މަަސައްކަތުގެ މަގާމް" މިމައުޞޫއުގެ ދަށުންނެވެ. ހުކުރު ޚުތުބާގައި ރާއްޖޭގައި ސަލާން ޖަހާ މީހުން އިތުރުވެފައިވާ ކަމަށް ވަނީ ބުނެފައެވެ. މިގޮތުން، ފަގީރުވެގެން ގޮސް ހާލުގައި ޖެހުމާއި، ބޯ ނުހިކޭވަރުގެ ދަރަންޏެއް އޮތުމާއި އަދާ ނުކުރެވޭ ވަރުގެ މަރުގެ ދިޔައެއް ބޮލުގައި އެޅިފައި ވުން ފިޔަވާ އިތުރު ހާލަތުގައި ސަލާން ނުޖެހޭނެ ކަމަށާއި އެގޮތަށް ކަންތައް ނުކުރުމަށް ޚުތުބާގައި އިރުޝާދު ދީފައިވެއެވެ. އަދި ހަލާލު ކޮންމެ ކަމަކީ އަޅުކަމެއް ކަމަށާއި، އަމިއްލަ މަސައްކަތްކޮށް ސަލާން ޖެހުމުން ދުރުވުމަށް ނަސޭހަތްތެރިވެފައިވެއެވެ.

Ads by HDC
  1. ކަނބުލޮ

    ދައްކަވާ ވާހަކަ… ކިހައި ފައިސާއެއް ދީގެންތޯ ތިގޮތަށް ތިޔަ ވާހަކަދައްކަވަނީ؟ނުވަތަ ކިހައި ފައިސާއެއް ލިބިލައްވާނެ ކަމަށްތޯ ތިޔަ މޭރުމުން ތިޔަ ވާހަކަދައްކަވަނީ؟ ފެނިނުލައްވަނީތޯ ދިވެހީން އުޅޭ ނިކަމެތި ޙާލު؟

  2. ކިނބޫ

    އާނ ކަލޭ ބުނީމަ ދެން ތިހެން. އިމްރާނުހެން ކަލޭވެސް ތުނބުޅި ކޮށާ ނަލަވެލަން ވީނު ދެން.