ސިޔާސީ

ދައުވާ ކުރަނީ އަޅުގަނޑުގެ މައްޗަކަށް ނޫން، ބަޔާން ނެގުމަށް ޔޫކޭއަށް އަންނަން ޖެހޭ ސަބަބެއް ނެތް: ރައީސް ނަޝީދު

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު.. ދެން އިމޭޖެސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން ރައީސް ނަޝީދުގެ ބަޔާން ނެގުމަށް އިނގިރޭސި ވިލާތަށް ދިއުމަށް ފުލުހުންނާއި، ޕީޖީ އޮފީހުން ދިއުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިވަގުތު ފަރުވާއަށް އިނގިރޭސިވިލާތުގައި ހުންނެވި ރައީސް ނަޝީދު، ހަމަލާ ހިނގަ ދިޔަ ގޮތާއި، ލިބިވަޑައިގެންފައިވާ މައުލޫމާތުގެ އަލީގައި ބަޔާނެއް ދެއްވަން ބޭނުންވާކަމަށް ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުން ވަނީ ހާމަކޮށްފައެވެ. މިކަމާ ގުޅިގެން ފުލުހުންނާއި ޕީޖީވަނީ ބަޔާން ނެގުމަށް އިނގިރޭސިވިލާތަށް ދިއުމަށް މަޝްވަރާކޮށްފައެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، އެ މަނިކުފާނުގެ ބަޔާނެއް ނެގުމަށް ބަޔަކު ޔޫކޭއަށް އަންނަން ޖެހޭ ސަބަބެއް ފެނިވަޑައި ނުގަންނަވާ ކަމަށެވެ. އަދި މިއީ ރައީސް ނަޝީދުގެ މައްޗަށް އުފުލޭ ދައުވާއެއް ނޫން ކަމަށް ވެސް ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، މޯލްޑިވްސް ޕޮލިސް ސާވިސްއިން ޔޫކޭގެ އިދާރާތަކާ މަޝްވަރާ ކުރުމަކީ ރަނގަޅު ކަމެއް ކަމަށް ދެކިލައްވާ ކަމަށެވެ.

ރައީސް ނަޝީދު ބަޔާނެއް ދެއްވަން ބޭނުންފުޅުވާކަން މިހާރު ހާމަކުރެއްވިއިރު، މީގެ ކުރިން ބަޔާން ދެއްވުމަށް ރައީސް ނަޝީދު ވަނީ ދެކޮޅު ހައްދަވައިފައެވެ. މިގޮތުން މީގެ ކުރިން ކޮމިޝަނަރ އޮފް ޕޮލިސް ސަމާލުކަމަށް ގެންނަވައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނު ދެއްވަން އޮތް ބަޔާނަކީ ވެސް އަދި ބުނެލަން އޮތް ބަހަކީ ވެސް އެމަނިކުފާނުގެ ޖާނާއި، ހިތާމޭ ކަމުގައެވެ.

މެއިމަހުގެ 6 ވަނަ ދުވަހުގެ ރޭ އެމަނިކުފާނު ދިރިއުޅުއްވާ ގ.ކެނެރީގެއިން ނިކުމެވަޑައިގެން ހިންގަވައިފައި މަޖީދީމަގުގައި ޕާކުކޮށްފައިއޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ބޮމުގެ ހަމަލާގައި އެމަނިކުފާނަށް ވަރަށް ބޮޑަށް ވަނީ އަނިޔާވެވަޑައިގެންފައެވެ.

Ads by HDC
  1. ގަންޖާ

    މީކުނިފެޅަހޮއްލާމީހެއް

  2. ގަންޖާ

    މިސޮރުމިހިރީރަގަޅަވެސް މޮޔަވެފައިއެހެންވާނެތާ ބޮޑުވަޒީރުކަނުދިންވިއްޔާ