ޚަބަރު ރައްޔިތުންގެ މަޖިލިސް

މަޖިލީހުގައި ކުރެވޭ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ތައްޔާރުވެގެން އައުމަށް ދަންނަވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މަޖިލީހުގައި ކުރެވޭ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ވަޑައިގަންނަވާ ވަޒީރުން ދުރާލައި ސުވާލުތަކަށް ޖަވާބުދެއްވުމަށް ތައްޔާރުވެގެން މަޖިލީހަށް ވަޑައިގެންނެވުމަށް މަޖިލިސް ނާއިބް ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by MWSC

އިވާ މިފަދައިން ވިދާޅުވެފައި ވަނީ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރ މުޙައްމަދު އަސްލަމް މިއަދު މަޖިލީހަށް ހާޒިރުކޮށްފައިވާ ދަނޑިވަޅެއްގައެވެ. މިނިސްޓަރ އަސްލަމް މަޖިލީހަށް ހާޒިރުކުރި ނަމަވެސް މެމްބަރުންގެ ސުވާލުތަކަށް އެދެވޭ ޖަވާބު ނުދޭ ކަމަށް މެމްބަރުން ދިޔައީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

މިކަމާ ގުޅިގެން އިވާ ވިދާޅުވީ މަޖިލިސްގައި ކުރެވޭ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ވަޑައި ގަންނަވާ ވަޒީރުންނަށް 14 ދުވަހުގެ ނޯޓިސްއެއް ލިބޭނެ ކަމަށެވެ. އެ 14 ދުވަސް ހަމަވެ، ވަޒީރަކު މަޖިލީހަށް ހާޒިރުވާއިރު މެމްބަރުން ކުރާ ސުވާލުތަކަށް ޖަވާބު ދެވެން ޖެހޭނެ ކަމަށް އީވާ ވިދާޅުވިއެވެ. އަދި މަޖިލީހަށް ވަޑައިގެން ޒިންމާދާރުކަން ކުޑަކޮށް ޖަވާބު ދެއްވުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް މެމްބަރުން ތަކުރާރުކޮށް ވިދާޅުވިއެވެ.

މެމްބަރު އަސްލަމް މިއަދު މަޖިލީހަށް ހާޒިރުކުރެވުނީ ށ.ފޭދޫ، ބިލެތްފަހި، ގޮއިދޫ، އަދި ނޫމަރާގެ ފެނާއި ނަރުދަމާގެ މަސައްކަތާ ގުޅޭ ގޮތުން ސުވާލު ކުރެއްވުމަށެވެ. މިކަމާ ގުޅޭ ގޮތުން މިނިސްޓަރާ ސުވާލު ކޮށްފައި ވަނީ ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުالله ޝަހީމް ޢަބްދުލްޙަކީމްއެވެ.

Ads by HDC
  1. ކުރއްފި

    މިކަބުލޯހާދަރުޅަގަދަވެފައޭ