މީހަކު ކުރާ މަލާމާތަކަށް ނުބަލާ އެމީހެއްގެ ހައްޤު ހޯދަން މަސައްކަތް ކުރަންވާނެ: މަހްލޫފް

ކޮންމެ މީހަކު ވެސް އެމީހެއްގެ ހައްގު ހޯދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި ކުރިއަށް އޮތް އެމްޑީޕީގެ ޤައުމީ މަޖިލިސްގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ލިބުމަކީ ނުހަނު އުފާކުރާ ކަމެއްކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފް މިފަދައިން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިހާބުގައި މަޙްލޫފަށް ވާދަކުރެވޭނެ ކަމަށް އެމްޑީޕީގެ އިސްތިއުނާފް ކޮމިޓީން ނިންމުމާ ގުޅިގެންނެވެ.
މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިޚާބު ބޮޑުތަފާތަކުން ކާމިޔާބު ކުރެވޭނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ. މަހްލޫފް ވިދާޅުވީ ހައްގު ލިބުމުން އެކަމާ ބަޔަކު ކިތަންމެ މަލާމާތް ކުރި ކަމުގައިވީ ނަމަމެސް ކާމިޔާބާ ހަމަޔަށް ދިއުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ވެރިކަން ކުރާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މިނިސްޓަރ މަޙްލޫފަށް ވާދަ ނުކުރެވޭނެ ކަމަށް އެ ޕާޓީން އެންގީ އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވުމުންނެވެ. އިންތިހާބުގައި ވާދަ ނުކުރެވޭ މައްސަލަ މަހްލޫފްގެ ފަރާތުން އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހާއި، އިންތިހާބާ ބެހޭ ކޮމިޓީއަށް ހުށަހެޅުމުން އެ ކޮމިޓީން ނިންމީ އޭނާއަށް ވާދަ ނުކުރެވޭނެ ކަމަށެވެ. އެކަމަކު އޭރު އިސްތިއުނާފް މަޖިލިސް އޮތީ ހުހަށެވެ.
ރަނގަޅު ވާހަކަފުޅެއް އެމީހެއްގެ ހައްގު ހޯދަން މަސައްކަތް ކުރަން ވާނެ ، އެކަމަކު މަހޭ ހައްގު ތިޔަ ހޯދީ ބިރު ދައްކައިގެން ، ތީތި ކަޑަ އެއްނު މަހޭ ދޯ .