އިޖުތިމާޢީ

ރާއްޖޭގެ ކުޅަދާނަ އެއް ފަޔަރ ފައިޓާ ކުއްލި ގޮތަކަށް ނިޔާވެއްޖެ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގެ ކުޅަދާނަ އެއް ފަޔަރ ފައިޓާ، އަހުމަދު ފަޔާޒު (ފަޔަރު ފަޔާ) މިރޭ ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

Ads by MWSC

އެނގިފައިވާ ގޮތުގައި ފަަޔަރު ފަޔާ ނިޔާވީ ހއ. ހޯރަފުށީ އެއާޕޯޓުގައި އިންސްޕެކްޝަން މަސައްކަތެއް ކުރައްވަން އުޅުއްވަނިކޮށެވެ.

ފަޔަރު ފަޔާއަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގައި ވަރަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އަދި ފަޔާ ޑިޕާޓްމަންޓްގެ އެންމެ އިސް އެއް މަގާމުގައި ވެސް ހުންނެވި ބޭފުޅެކެވެ. ރާއްޖޭގެ ގިނަ ބަޔަކު އެއްބަސްވާ ގޮތުގައި، އަލިފާނާއި ސޭފްޓީއާ ގުޅޭ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވުމުގެ އިތުރުން އެ މަސައްކަތުގައި ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އަދި އެންމެ ކުޅަދާނަ ބޭފުޅަކީ ވެސް ފަޔަރު ފަޔާއެވެ.

ފަޔަރު ފަޔާ ވަނީ އެއްތިރީސް އަހަރު އެއާޕޯޓްގައި ހިދުމަތް ކުރައްވައިފައެވެ. އަދި މި އަހަރު އޭނާ ވަނީ މަސައްކަތުން ރިޓަޔާ ކުރައްވައިފައެވެ.

މާލޭގައި ހިނގި އަލިފާނުގެ ބޮޑެތި ހާދިސާތަކެއްގައި ވެސް ރެސްކިޔު އިންޗާޖަކަށް ހުންނަވާ ހުރިހާ ކޮމާންޑެއް ކުރެއްވީ ފަޔާއެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!