ސިޔާސީ

ކޯރަމް ހަމަނުވެގެން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާ ނުބޭއްވުނު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން | ފޮޓޯ: އެމްޑީޕީ

މިރޭ ބޭއްވުމަށް ހަމަޖެހުނު އެމްޑީޕީގެ ޤައުމީ މަޖިލިސް ޖަލްސާ، ކޯރަމް ހަމަ ނުވުމުގެ ސަބަބުން ނުބާއްވައި ކެންސަލު ކޮށްފިއެވެ.

Ads by STELCO

މިރޭގެ ޖަލްސާ ބޭއްވުމަށް ހަމަޖެއްސީ ޖަމާލުއްދީން ސްކޫލުގައެވެ. ނަމަވެސް ޖަލްސާއަށް ހާޒިރުވީ މީހުންގެ އަދަދު މަދުކަމުން އެ ޖަލްސާ ވަނީ ކެންސަލު ކޮށްފައެވެ.

އެމްޑީޕީގެ އަސާސީ ޤަވާއިދު ބުނާގޮތުން އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ޖަލްސާއެއް ބޭއްވެނީ، ޤައުމީ މަޖިލީހަށް ހާޒިރުވާންޖެހޭ ޝަރުތު ހަމަވާ މެމްބަރުންގެ ތެރެއިން ހަތަރުބައިކުޅަ އެއްބަޔަށްވުރެ ގިނަ މެމްބަރުން ހާޒިރުވެގެންނެވެ.

ފަހަކަށް އައިސް ބާއްވާ އެމްޑީޕީގެ ގިނަ ޖަލްސާތަކުގައި އޮންނަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާގެ މައުލޫމާތު އެމްޑީޕީގެ މެއި 6 ކޮމެޓީން ދިނުމެވެ. ނަމަވެސް މިކަމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ގިނަ މެމްބަރުން މާބޮޑު ޝައުގުވެރިކަމެއް ނުދެއްވައެވެ.

މިހާރު އޮތް އެމްޑީޕީ ޤައުމީ މަޖިލީހުގެ މެމްބަރުންގެ ދައުރު ވަނީ ހަމަވެފައެވެ. މި ހިނގާ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބާ އެކު އެ މެމްބަރުން މަޤާމުން ވަކިވާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!