ސިޔާސީ

މިހާރު ވާދަވެރިކަން ބޮޑު ވިޔަސް އިންތިހާބަށް ފަހު ޕާޓީ އެކަތިގަނޑަކަށް ވާނެ: ހަސަން ލަތީފު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ވެރިކަން ކުރާ އެމްޑީޕީ ތެރޭގައި ހިޔާލު ތަފާތުވުން ބޮޑުވިޔަސް، އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބަށް ފަހު ޕާޓީ އަލުން އެކަތިގަނޑަކަށް ވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ފުރިހަމަ އަދި ނަތީޖާ އެންމެ ރަނގަޅު އިންތިހާބެއް ބޭއްވޭނީ ވާދަވެރިކަަން ބޮޑުވި ވަރަކަށް ކަމަށާއި އެމްޑީޕީން މީގެ ކުރިން ވެސް ބާއްވައިފައިވާ ގިނަ އިންތިހާބުތަކަކީ ވާދަވެރިކަން ބޮޑު އިންތިހާބުތަކެއް ކަމަށެވެ.

ހަސަން ލަތީފު ވިދާޅުވީ، މިހާރު ވާދަވެރިކަން ބޮޑުވި ނަމަވެސް، އިންތިހާބަށް ފަހު އެމްޑީޕީ އަލުން އެކަތިގަނޑަކަށް ވާނެ ކަމަށެވެ.

"މި ނޫން ދަނޑިވަޅެއް އެމްޑީޕީއަކަށް ނާންނާނެ. އަބަދުވެސް އަޅުގަނޑުމެންގެ ތެރޭގައި ހިޔާލު ތަފާތުވުން ހުންނާނެ. އެއީ އެމްޑީޕީ އެހާ ވަރުގަދަކޮށް އޮންނަ ސަބަބަކީ" ހަސަން ލަތީފު ވިދާޅުވިއެވެ.

ހަސަން ލަތީފު އިތުރަށް ވިދާޅުވީ ފާއިތުވީ 16 އަހަރުގެ ތެރޭގައި އެމްޑީޕީ ވަރުގަދަވެފައި ވަނީ، ތަފާތު ހިޔާލުތަކުގެ ބޭފުޅުންނާއި ކަންކަން ނިންމުމުގައި އެ ބޭފުޅުން ބައިވެރިވެ އިންތިހާބުތައް ކާމިޔާބުކޮށް އަދި ބައެއް ފަހަރު އެ އިންތިހާބުތަކުން ބަލިވެގެން ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!