ލައިފްސްޓައިލް

މޫނު އަލި ކޮށްލަން ބޭނުމިއްޔާ ޓޮމާޓޯ ވަރެއް ނެތްް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހަށިގަނޑުގެ ގުނަވަންތަކުގެ ތެރެއިން މޫނަކީ ކޮންމެ މީހަކު ވެސް އެންމެ ބޮޑު ސަމާލުކަމެއް ދީގެން ގެންގުޅެން ބޭނުންވާނެ ގުނަވަނެވެ. މޫނުގެ ހަންގަނޑު އޮމާންވެ، އަލި ވެފައި ހުންނަން ބޭނުން ވަނީ ހަމައެކަނި އަންހެން ކަނބަލުން އެކަންޏެއް ނޫނެވެ. މިއީ ދެ ޖިންސުގެ މީހުން ވެސް ވަރަށް އިސްކަންދޭ ކަމެކެވެ. އެއީ މައްސަލައެއް ވެސް ނޫނެވެ. ތިމާގެ ހަށިގަނޑު ރަނގަޅަށް ބެލެހެއްޓޭނީ ވެސް ތިމާއަށެވެ.

މޫނު ރީތި ކުރަން ވަރަށް ގިނަ މީހުން އެކި ކަންކަން ކުރެއެވެ. އެގޮތުން ބައެއް މީހުން ސެލޫންތަކަށް ދާއިރު، އަނެއް ބަޔަކު ގޭގައި އަމިއްލައަށް ވެސް އެކި ކަހަލަ ފޭޝަލް ހަދައެވެ.

މިގޮތުން ހަދާ ބައެއް ފޭޝަލްތަކުގެ ތެރޭގައި އެކި ކަހަލަ މޭވާއާއި ތަރުކާރީގެ ބާވަތްތައް ވެސް ބައެއް ފަހަރު ބޭނުން ކުރެއެވެ. އެގޮތުން ވަރަށް އާންމުކޮށް ބޭނުން ކުރާ އެއް މޭވާއަކީ ޓޮމާޓޯއެވެ.

މޫނު އަލިކޮށްލަން، ޓޮމާޓޯ ބޭނުން ކޮށްގެން މި ފޭސް މާސްކު ހަދައިލާށެވެ.

ބޭނުންވާނެ ތަކެތި:
▪︎ 1 ޓޮމާޓޯ
▪︎ 2 ސައިސަމުސާ ލުނބޯ

ފޭސް މާސްކު ތައްޔާރުކޮށް، ފޭޝަލް ހަދާނެ ގޮތް:

އެންމެ ފުރަތަމަ، ޓޮމާޓޯ ރަނގަޅަށް ޕިއުރީއަށް ވާހެން ޗަސް ކޮށްލާށެވެ. އެއަށް ފަހު އޭގެ ތެރެއަށް ދެ ސައިސަމުސާ ލުނބޯ އެޅުމަށް ފަހު، ރަނގަޅަށް އެއްކޮށްލާށެވެ. ދެން އެއަށް ފަހު، އެއްކުރި ތަކެތި މޫނާއި ކަރުގައި އުނގުޅައިލާށެވެ. މަދުވެގެން 20 މިނެޓު ބެހެއްޓުމަށް ފަހު ފިނި ފެނުން މޫނު ދޮވެލާށެވެ.

ޓޮމާޓޯއަކީ ހަންގަނޑަށް ވަރަށް ފައިދާ ހުރި މޭވާއަކަަށް ވާތީ، މޫނުގައި އުނގުޅުމުގެ އިތުރުން، ކެއުމުގައި ވެސް ޓޯމާޓޯ ބޭނުން ކުރަން ސިއްްހީ މާހިރުން ލަފާދެއެވެ.

މަސްދަރު: އެމް.ފެމިނާ

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!