އައްޑޫ ކޮވިޑްގެ ހާލަތު:ބަލިޖެހުނު މީހުންގެ އަދަދު ހާހުން މައްޗަށް
އައްޑޫ ސިޓީން ކޮވިޑް ޖެހުނު މީހުންގެ އަދަދު ހާހުން މައްޗަށް އަރައިފިއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އާއްމުކޮށްފައިވާ އެންމެ ފަހުގެ އަދާހަމަތަކުން ދައްކާ ގޮތުގައި އެ ސިޓީން މިހާތަނަށް ޖުމްލަ 1150 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އޭގެ ތެރެއިން 16 މީހަކީ އިއްޔެ އަލަށް ބައްޔަށް ފައްސިވީ މީހުންނެވެ.
އަދާހަމަތައް ދައްކާގޮތުގައި އެ ސިޓީގައި މިހާރު ބަލިޖެހިފައި ތިބި 314 މީހުން އެބަތިއްބެވެ. މީގެ ތެރެއިން 128 މީހުންނަކީ މަރަދޫ މީހުންނެވެ. އަދި 99 މީހުންނަކީ ހިތަދޫގައި ތިބި މީހުންނަށް ވާއިރު 34 މީހުންނަކީ މީދޫގައި މި ވަގުތު ތިބި މީހުންނެވެ. އަދި ހަމަ އެހެންމެ ފޭދޫއިން 31 މީހަކާއި މަރަދޫ ފޭދޫއިން 11 މީހަކު ވެސް މި ވަގުތު ބަލިޖެހިފައި ތިބި ކަމަށް އެ ހޮސްޕިޓަލުގެ އެންމެފަހުގެ އަދާހަމަތަކުން ދައްކައެވެ.
މީގެ އިިތުރުން މިހާތަނަށް 833 މީހަކު ބަލިން ރަނގަޅުވެފައިވާއިރު 4 މީހަކަށް މިހާރު ދަނީ ހޮސްޕިޓަލުން ފަރުވާ ދެމުންނެވެ. މިހާތަނަށް އެ ސިޓީން 19.997 ސުންކު ނަގައިފައިވެއެވެ.
އައްޑޫ ސިޓީގެ ގުޅިފަައިވާ ރަށްތައް މޮނިޓަރިންއަށް ލާފައިވާއިރު ރޭގަނޑު 9:00އިން ފަތިހު 4:00އަށް ކާފިއު ހިންގާ ސްކޫލްތައް ވެސް ވަނީ ބަންދުކޮށްފައެވެ.
އައްޑޫ ސިޓީން ކޮވިޑް-19 ޖެހިގެން މިހާތަނަށް ވަނީ 3 މީހަކު ނިޔާވެފައެވެ.