ހިޔާ ފުލެޓުތައް ހަމަ ކުއްޔަންދޭންވީ، މިހާރު ވެސް ދެ ފުލެޓު ކުއްޔަށް ދީފިން:މުސްތަފާ
ހިޔާ ފުލެޓް ކުއްޔަށްދޭ މައްސަލަ ބޮޑުވެ، ހިޔާ ފުލެޓު ކުއްޔަށް ދޫކުރާ ފަރާތްތަކާ މެދު ފިޔަވަޅުއަޅާނެކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެފައި ވަނިކޮށް ހިޔާ ފުލެޓުތައް ކުއްޔަށް ދޭންވީ ކަމަށާއި މިހާރު ވެސް ދެ ފުލެޓު ކުއްޔަށް ދީފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
މުސްތަފާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިޔާ ފުލެޓު ކުއްޔަށް ދިން ނަމަވެސް ހައުސިން މިނިސްޓްރީއަށް އެއްކަމެއް ވެސް ނުކުރެވޭނެ ކަމަށާއި އެ ފުލެޓު ހަމަ ކުއްޔަށް ދޭންވީކަމަށެވެ.
"ހިޔާ ފުލެޓްތަކަކީ އަކްރަމް ކަމާލުއްދީންގެ ކާބަފައިންގެ ތަރިކައިގެ ފައިސާއިން އަޅައިފަ ހުރި ތަނެއްތަ؟ ހިޔާ ފުލެޓު ހަމަ ކުއްޔަށް ދޭންވީ.. އަކްރަމް ކަމާލުއްދީންއަށް އެއްކަމެއް ވެސް ނުކުރެވޭނެ. މިހާރު ވެސް 2 ފުލެޓު ކުއްޔައް ދީފިން" މުސްތަފާގެ ޓްވީޓްގައި ވިދާޅުވިއެވެ.
ހިޔާ ފްލެޓުތައް ކުއްޔަށް ދޫކުރަން މީސްމީޑިއާގެ ބައެއް ޕޭޖުތަކާއި ވައިބާ ގްރޫޕުތަކުގައި އިޝްތިހާރު ޖަހައިފައިވާ ފޮޓޯތަކެއް ވެސް މިހާރު ވަނީ އާންމު ވެފައެވެ. އިޝްތިހާރުގައި ބުނެފައި ވަނީ ހިޔާ ފްލެޓުގެ ދެ ކޮޓަރީގެ މުޅި އެޕާޓްމަންޓެއް އެއްކޮށް މަހަކު 10،000 ރުފިޔާއަށް ކުއްޔަށް ދޫކުރާ ކަމަށެވެ. ހިޔާ ފްލެޓްތަކުގެ އަސްލު ކުލީގެ އަގަކީ މަހަކު 8500 ރުފިޔާއެވެ.
ބޯހިޔާވަހި ކަމުގެ ދަތިކަން ހުރެގެން ކަމަށް ބުނެ ފްލެޓު ހޯދުމަށް ފަހު މިފަދައިން ކުއްޔަށް ދޫކުރަމުން ދާތީ، އެތައް ބަޔަކު ވަނީ މި އަމަލު ހިންގި މީހުންނަށް ފާޑު ކިޔައި ނުރުހުން ފާޅުކުރަމުންނެވެ.
އެ ފުލެޓްތައް ކުއްޔަށް ދޭނަމަ ފިޔަވަޅު އަޅާނެކަމަށް ސަރުކާރުން ވެސް ވަނީ ވިދާޅުވެފައެވެ.
މުސްތަފާ ބުންޏަސް ރައީސްބުންޏަސް ކުއްކަށް ދޭނީ ސަރުތުހަމަނުވާމީހުނަށް ލިބުނީމަ
އަސްލަމަށް ވީމަކާނޫން އަތުލާފަ ސަރުތުހަމަވާ (ދަތިހާލުގައި ބޮޑުކުލީގައި އުޅޭ) މީހުނަށް ދޭންވީ އަޅުނޑު ތާޢީދު ކުއްޔަށްދޭ ތަންތަން އަތުލަން
ކަލެއަށް ފްލެޓް ނުލިބުނީމާ ތިހެން ތިބުނަނީ. ކަލެއަށް ލިބުނުނަމަކަ ތިހެން ނުބުނާނެ.
މީގެ ކުރިންވެސް ދޫކޮށްފަ ހުުރި ފްކެޓް ތަކުގަ ފްލެޓް ލިބުނު މީހުން އުޅެނީ ވަރަށް މަދުން ގިނައީ ލިބުނު މީހުން އަތުން ކުއްޔަށް ހިފައި ގެން އުޅޭ މީހުން. އެކަމަކު ފިޔަވަޅެއް ނޭޅޭ މިހާރު ދެން ކޮން ފިޔަވަޅެއްގެ ވާހަކަތޯ ތިޔަ ދައްކަނީ. ޔާމީނުު ސަރުކާރުން ހެދި ފްލެޓްވީމަ ތަފާތުވީތޯ.
ކުރިއަށް އޮތް 5 އަހަރުތެރޭ ކުއްޔަށް ދޭ މީހުންގެ އަތުން ފްލެޓް އަތުލައި ޕޮއިންޓް ތަރުތީބުން ފްލެޓް ހަވާލުކުރުމަށް ގޮވާލަން. މީގެން އެނގެނީ ނިކަމެތިހާލުގައި ކުޑް ކޮޓަރިއެއްގައި ގަނޑަތެޅެމުންދާ މީހުންނާމެދު މި ސިޔާސީ މީހުން ނުވިސްނާކަން.
ނިކަމެތިންނައް ފުލެޓްދޭ އުސޫލަކުންނޫން މިސަރުކާރުން ފުލެޓް ހަވާާލުކުރީ އޭގެ ނަތީޖާއަކައް މިވީ ނުހެދިގެން އެހެންމީހަކާ ހާވާލުކުރަން މަޖުބޫރުވީ
ަދެވޭނެ ލާރި ހޯދާގެން ލާރި ދެއްކޭނީ
ހައްގުނުވާ މީހުންއަތުން ފުލެޓްއަތުލާފަ ހައްގުވާމީހުންނަށް ދިނީމަވާގޮތްތީ. ޢެއްގެއިން ތިން ހަތަރުމީހުންނަށް އެބަހުރި ތިފުލެޓްތައްވެސް ދީފަ. ދެންދޭނީ ކުއްޔަކަށްނު.