ޚަބަރު ސަރުކާރު

ހުޅުމާލެ ފޭސް 2 ގައި ވަގުތީ މިސްކިތެއް އަޅަނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ހިޔާ މަޝްރޫއުގެ ފްލެޓްތައް.. ދެން އިމޭޖްސް

އަލަށް އާބާދުވާން ފަށައިފައިވާ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާތީ އެ މައްސަލަ ހައްލުކުރުމުގެ ތެރެއިން ދެވަނަ ފިޔަވަހީގައި ވަގުތީ ގޮތުން މިސްކިތެއް އަޅަން ބަޔަކާ ހަވާލުކޮށްފިއެވެ.

Ads by MWSC

ހުޅުމާލެ ދެވަނަ ފިޔަވަހީގައި 450 މީހުންގެ ޖާގައިގެ ވަގުތީ މިސްކިތެއް އަޅަން އިސްލާމިކް މިނިސްޓްރީން ހަވާލުކޮށްފައި ވަނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

މިއަދު ހަވާލު ކުރި މި މަސައްކަތް އެ ކުންފުނިން މިއަދު ވަނީ ފަށައިފައެވެ. މިމަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައި ވަނީ 80 ދުވަހުގެ ތެރޭ ނިންމާ ގޮތަށް، ދައުލަތުގެ ބަޖެޓުން 4.3 މިލިއަން ރުފިޔާ އަށެވެ.

އެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ. އަދި ޔެސް މޯލްޑިވްސް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުލާމް ޔޫސުފެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފުލެޓްތަކަށް މީހުން ބަދަލުވާން ފަށާފައިވާއިރު އެ ފިޔަވަހީގައި ޒަރޫރީ ބޭނުންތައް ފުއްދޭނެ ގޮތް ވީ އެންމެ އަވަހަކަށް ހަމަ ޖައްސައިދޭން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

މިގޮތުން އެ ފުލެޓުތަކުގައި ދިރިއުޅޭ ދަރިވަރުންްނަށް ހާއްސަކޮށް ސުކޫލުބަހުގެ ހިދުމަތް ފެށުމުގެ މަޝްވަރާތައް ފަށައިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ ހާމަކޮށްފައެވެ.

Ads by Ooredoo
  1. ޢިބުރާހިމް

    ޙަ ހުޅުމާލެ ފޭސް 2 އަކީ ދާއިމީ ކޮށް މީހުން އުޅޭތަނެއް އެތާނގައި އަޅަންވީ ވަގުތީ މިސްކިތެއް ނޫން ދާއިމީ މިސްކިތެއް. ތަނުގައި މީހުން އުޅެން ބިންދޫކޮށް މީހުން 11 ބުރިޔަށް ގެދޮރު ބިނާ ކުރާއިރު މިސްކިތެއް ސްކޫލެއް ނޭޅުމަކީ ދެރަކަމެއް.

  2. ހާލަތު

    ފުލެޓް ތަކުގެ ބިންގާ އެޅިތަން ތިން ހަތަރު ވީފަހުން މީހުން ދިރިއުޅެން ފެށުމުން ވަގުތީ މިސްކިތެއް އަޅަން ބަޔަކާ ހަވާލުކުރުމުން ރޭވުންތެރިކަމާ ވިސްނުން ހުންނަ މިންވަރު ސާފު ވެއްޖެ