ޚަބަރު ދީން

މަސްތުވާ ކޮންމެ އެއްޗަކީ އިސްލާމްދީނުގައި ޙަރާމް އެއްޗެއް: ޚުތުބާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
Namaadhu, ނަމާދު hukuru, ހުކުރު

އެންމެހައި ޙަމްދު ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލު ކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާ ކަމަށް އަޅު ހެކިވަމެވެ. އެމާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތްލައްވާށިއެވެ. އާމީން!

Ads by STELCO

މިއަދުގެ ހުކުރު ޚުތުބާ ޚާއްސާ ކޮށްފައި ވަނީ މަސްތުގެ ވަބާއިން މުޖުތަމައު ސަލާމަތް ކުރުމާ ގުޅޭގޮތުންނެވެ.

މާތް ﷲ ހެއްދެވި އެންމެހާ މަޚްލޫޤުންގެ ތެރެއިން އެންމެ މާތް ކުރައްވާ މަތިވެރި ކުރައްވައިފައި ވަނީ އިންސާނުންނެވެ. އެއީ އިންސާނުންނަށް މާތް ﷲ ދެއްވި ބުއްދިއާއި ވިސްނުމުގެ ސަބަބުން ކަމަށް ޚުތުބާގައި ބަޔާން ކުރައްވާފައިވެއެވެ. އިންސާނާއަށް ބުއްދި ދެއްވާފައި ވަނީ ވިސްނައި ފިކުރު ކުރުމަށް ޓަކައެވެ. ހެވާއި ނުބައި ވަކިކޮށް ދެނެގަތުމަށް ޓަކައެވެ.

މާތް ﷲ އަންގަވައިފައިވާ ގޮތަށް ހެޔޮ ގޮތުގައި ބުއްދީގެ ބޭނުން ނުހިފާ މީހާގެ ދަރަޖަ ﷲގެ ހަޟްރަތުގައި ޖަނަވާރުންގެ ދަރަޖައަށް ވުރެ ވެސް ދަށު ދަރަޖައަށް ވެއްޓިގެން ދާކަން ކީރިތި ޤުރްއާނުގައި މާތް ﷲ ވަނީ ބަޔާން ކުރައްވައިފައެވެ. އެހެންކަމުން ބުއްދިއަށް ރައްކާތެރިވުމަށް ވަރަށް ޚާއްސަ ސަމާލުކަމެއް ދީފައިވެއެވެ.

މަސްތުވާ ކޮންމެ އެއްޗަކީ އޭގެ ސަބަބުން އެ ބޭނުން ކުރާ މީހާ ހަމަ ބުއްދިން އެއްކިބާ ކޮށްލާ އެއްޗެކެވެ. ނަތީޖާއެއްގެ ގޮތުން، ސިކުނޑިން ފޮނުވާ ނުރަނގަޅު މެސެޖުތަކެއްގެ ސަބަބުން އަމިއްލަ ނަފްސުގެ ކޮންޓްރޯލު ގެއްލިގެން ދެއެވެ. އަދި އަމިއްލަ ނަފްސަށް ގެއްލުންދިނުމާއި، އަމިއްލައަށް މަރުވުން ފަދަ ހިތާމަވެރި ކަންތައްތަކަށް މަގުފަހި ވެގެން ދެއެވެ.

އިސްލާމްދީނުގައި މަސްތުވާ ހުރިހާ ބާވަތެއް ޙަރާމް ކުރައްވައިފައި ވަނީ އެއިން ލިބޭ ގެއްލުމުން މުޖުތަމަޢުއާއި އަފްރާދުން ސަލާމަތް ކޮށްދިނުމަށެވެ.

މަސްތުވާ ކޮންމެ އެއްޗަކީ އިސްލާމްދީނުގައި ޙަރާމް އެއްޗެއްކަން ބަޔާން ކޮށްދެއްވާ މާތް ނަބިއްޔާ މުޙައްމަދު (ޞޢވ) ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވަނީ:

މަސްތުވާ ކޮންމެ އެއްޗަކީ ރަލެކެވެ. އަދި މަސްތުވާ ކޮންމެ އެއްޗަކީ ޙަރާމް އެއްޗެކެވެ.

އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމަޢުގައި މިހާރު، މަސްތުވާތަކެތީގެ ވަބައިގެ ޝިކާރައަކަށް ވެފައިވާ މީހަކު ނުވަތަ ޒުވާނަކު ނެތް އާއިލާއެއް މަދެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ތަންތަން ހިންގުމާއި، މަސްތުވާތަކެތި ބޭނުން ކުރުމަށް ޚާއްސަ ކެފޭތައް ސިއްރިއްޔާތުގައި ހިންގުމަކީ، މިއަދު ފެންނަން އޮތް ހިތްދަތި ހަޤީޤަތެކެވެ.

މައިންބަފައިންނާއި އަނބިދަރިންގެ ކަރުނަ ފޮހެދީ ކާއެތިކޮޅު ފޮހެދީ އަތްތަކުން ކާއެތިކޮޅަށް ހޭދަކުރަން އޮންނަ ލާރިކޮޅު އަންދައި އަޅިއަށް ހަދައިލައި، ހިފައި ގެންގުޅޭ ސާމާނުން ފެށިގެން ހަރުމުދާތައް ވެސް ހުސްކުރަނީއެވެ. އަދި އަނބިދަރިން ހިމާޔަތް ކުރަން ޖެހޭ އަތްތަކުން އެބައި މީހުންނަށް އަނިޔާއާއި ގޯނާ ކުރުމުގައި ހައްދުފަހަނަ އަޅައި ދަނީއެވެ.

މުޖުތަމައުގައި ހިނގައި ގެވެށި އަނިޔާގެ ގިނަ މައްސަލަތަކުގައި މަސްތުވާ ތަކެތީގެ ދައުރެއް އޮންނަ ކަމީ ހަގީގަތެކެވެ. މާރާމާރާއާއި، މީހުން މެރުމާއި، ވައްކަމާއި، އެހެނިހެން އެތައް މައްސަލަތަކެއް ގިނަ ފަހަރަށް ގުޅިފައި ވަނީ ސީދާ މަސްތުވާ ތަކެއްޗާއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!