ޚަބަރު

 ފަނޑިޔާރުންގެ އޯޑިޔޯ ތަހްލީލް ކުރުމަށް ބޭރުގެ އިިދާރާއަކާ ހަވާލުކޮށްދިނުމަށް އިދިކޮޅުން ގޮވައިލައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ލީކްކޮށްލައިފައިވާ ފަނޑިޔާރުންގެ އޯޑިޔޯކަމަށް ބުނާ އޯޑިޔޯތައް ތަހްލީލް ކުރުމަށް ބޭރުގެ ތަހްލީލީ އިދާރާއަކާ ހަވާލު ކޮށްދެއްވުމަށް އިދިކޮޅުން ސަރުކާރަށް ގޮވައިލައިފިއެވެ.

Ads by Sosun Fihaara

ޕީޕީއެމްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް ޝުޖާއު ވިދާޅުވީ ފަނޑިޔާރުންގެ މި އޯޑިއޯތަކަކީ ކިހާ ސައްހަ އޯޑިއޯތަކެއްކަން ކަމާބެހޭ ހުރިހާ ފަރާތްތަކުން ބަލަންޖެހޭ ކަމަށާއި ދިވެހިރާއްޖޭގެ ހުރިހާ މިނިވަން މުއައްސަސާތަކަށާއި އިދާރާތަކަށް މިއޯޑިއޯތަކުގެ ސައްހަކަން ބަލައިދިނުމަށް ކޯލިޝަނުން އެދިފައިވާނެ ކަމަށެވެ.

ޝުޖާއު ވިދާޅުވީ ޕީޖީ އޮފީހާއި ބައްދަލުކުރައްވައި މި އޯޑިޔޯތަކާ ބެހޭގޮތުން ހުރި ކަންބޮޑުުވުންތައް ހިއްސާ ކުރައްވާފައިވާ ކަމަށާއި މި އޯޑިޔޯތައް ބައިނަލްއަގުވާމީ ފޮރެންސިކް ތަހްލީލް ކުރާ އިދާރާއަކާ ހަވާލުކޮށްގެން އިދިކޮޅަށް ވެސް އެނގޭގޮތަށް ކުރާ ތަހްލީލެއް ނޫނީ ގަބޫލު ނުކުރާނެކަމަށް ދަންނަވައިފައިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ލީކްވެފައިވާ އޯޑިޔޯތައް އެނަލައިޒްކޮށް ނުނިމެނީސް، ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދާ އިސްތިއުނާފުގެ ޝަރީއަތުގައި ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފި ނަމަ ރައީސް ޔާމީނަށް އެ ދެވެނީ އަނިޔާކަމަށާއި އެހެންކަމުން އެ އަޑުއެހުންތައް މަޑުޖައްސައިލަން ޖެހޭކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ހުކުމް އިއްވުމަށް ނުފޫޒު ފޯރުވިކަމަށް ދޭހަވާ ގޮތަށް ކްރިމިނަލް ކޯޓްގެ ތިން ފަނޑިޔާރުންތަކެއް ދައްކައިފައިވާ ވާހަކަތައްކަމަށް ބުނާ އޯޑިއޯތަކަކީ ޞައްޙަ އޯޑިއޯތަކެއްކަމަށް އެ ފަނޑިޔާރުން ވަނީ ބުނެފައެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފައި ވަނީ މިމައްސަލަ ތަހުގީގް ކުރުމަށް ފުލުހުންގެ ކިބައިގައި ކޮމިޝަނުން އެދުމުން، މީސް މީޑިއާގައި ދައުރުވާ އޯޑިއޯގައި ހިމެނޭ ތިން ފަނޑިޔާރުންގެ އޯޑިއޯ ފުލުހުންނަށް ދީފައިވާ ކަމަށެވެ.

އޯޑިއޯ އާންމުވުމާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވަނީ ހާއްސަ ތަހުގީގެއް ފަށައިފައެވެ.

ޖޭއެސްސީން ވިދާޅުވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންތަކެއް ކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ މައްސަލަ ތަޙުޤީޤުކުރުމަށް ބޭއްވި ކުއްލި ޖަލްސާއެއްގައި ނިންމައި، އެ މައްސަލަ ތަޙުޤީޤުކުރުމަށް އެކުލަވައިލި ކޮމިޓީން މައްސަލައިގެ ތަޙުޤީޤު މިހާރު ފަށައިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުއާއި އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ އާދަމްއާއި ޑްރަގް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަމީރުގެ ފަރާތުން މަޢުލޫމާތު ސާފުކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންދެވިފައެވެ.

Ads by Ooredoo
  1. ށަވިޔަނި

    ހިރޭތަން ކަހާވެސް ނުލާނެ ކީއްތޯކުރާނީ.