ޚަބަރު ސިޔާސީ

ކޮވިޑްގެ ހާލަތުން އަރައިގަނެވޭހާ ދުވަސްވެއްޖެ، ރާއްޖޭގެ އިގްތިސާދު މިހާދަށަށް ދާންވީ ސަބަބެއްނެތް: ސައީދު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވި އިގްތިސާދީ ހާލަތުން އަރައިގަނެވޭހާ ދުވަސްވެއްޖެ ކަމަށާއި ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާ ދަށަށް ދާންވީ އެއްވެސް ސަބަބެއް ނެތްކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ސަންގު ޓީވީގެ ޚަބަރަށް ފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ހިލޭ އެހީގެ ގޮތުގައި އަދި އެ ނޫން ވެސް ގޮތްގޮތަށް 3.8 ބިލިއަން ރުފިޔާ ކޮވިޑްގެ ތެރޭގައި ލިބުނު ކަމަށާއި އެހުރިހާ ފައިސާއިން ވެސް ކުރީ ވައްކަން ކަމަށެވެ. އެހެން ނަމަވެސް އެއިން އެއްވެސް މައްސަލައެއް ބަލައިފައި ނުވާކަން ފާހަގަ ކުރައްވައި ސައީދު ވިދާޅުވީ ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަނަކީ ހަމައެކަނި ދައްކައިލާ ދަޅައެއް ކަމަށެވެ.

ސައީދު ވިދާޅުވީ މި ސަރުކާރުން ކުރާ ހަމައެކަނި ކަމަކީ އަދި ހަމައެކަނި އަޅާ ފިޔަވަޅަކީ ވަޒީރުންގެ މައްސަލަ ބެލުމަށް ފަހު ވަޒީރުން މަގާމުން ދުރުކުރުވުން ކަމަށެވެ. އަދި ތިން އަހަރުވީއިރު ވެސް އެމްއެމްޕީއާރުސީ މައްސަލަ ވެސް ނުބެލޭކަމަށާއި އެމައްސަލައިގައި ވެސް ކުރާހާ ކަމަކީ އަދީބު ލައްވައި ހެކިތަކެއް އުފެއްދުން ކަމަށް ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ރައްޔިތުން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހިންގަން ޖެހޭ ގޮތަށް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދެވޭނެ ވަރުގެ ލީޑަރަކަށް ހުންނެވީ ރައީސް ޔާމީން އެކަނި ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި،ރައީސް ޔާމީން މިނިވަންކުރުމަށް ކުރައްވާ މަސައްކަތްތައް އިތުރު ކުރައްވާނެ ކަމަށާއި ދިވެހި ރައްޔިތުން ދެކޭ ހުވަފެންތަކުގައި ކުލަޖައްސައިދެވޭނެ ލީޑަރަކަށް ހުންނެވީ ރައީސް ޔާމީން އެކަނިކަމަށް ސައީދު ވިދާޅުވިއެވެ.

Ads by Allied Insurance
  1. Aabidhaa

    އެއީ ސައީދު ހުރިނަމަވެސްވާނެގޮތް. ސަބަބު ނުވިސްނޭކަމަށް ހަދަނީ ފިތުނަ އުފައްދަން ކަމަށްބެލެވޭ