ސިވިލް ސާވިސް މުވައްޒަފުންގެ މެދުގައި މުސާރައިގެ ފަރަގު ނައްތައިލައި، އެއް ހަމައަކުން މުސާރައާއި އިނާޔަތްތައް ދެވޭނެ އޮނިގަނޑެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން މިއަދު ވިދާޅުވެއްޖެއެވެ.
ޕޭ ކޮމިޝަނުން ވިދާޅުވީ މިނިމަމް ވޭޖެއް ކަނޑައަޅައި މިއަހަރުގެ ތެރޭގައި ޢިއުލާނު ކުރާނެ ކަމަށެވެ. އަދި މިނިމަމް ވޭޖް ކަނޑައެޅުމުން ސިވިލް ސަރވިސްގައި ހިމެނޭ އެންމެ ދަށް ފަންތީގެ މުވައްޒަފުންނަށް ލިބޭ އިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ދައުލަތުގެ ހުރިހާ ފަންނުތަކެއް ހިމެނޭގޮތަށް ނޭޝަނަލް ޕޭ ކޮމިޝަނުން އެކުލަވައިލާ އެއްހަމަ ޕޭ ފްރޭމްވަރކްގެ މަސައްކަތް މިހާރު ވަނީ އެންމެ ފަހުގެ މަރުހަލާގައި ކަމަށާއި އެ މަސައްކަތް މިއަހަރުގެ ތެރޭގައި އެއްކޮށް ނިމޭނެ ކަމަށް ޕޭ ކޮމިޝަނުން ވިދާޅުވިއެވެ.
މި އައު ޕޭ ފްރޭމްވަރކްގެ ސަބަބުން ދައުލަތުގެ އިދާރާތަކުގެ މެދުގައި ހުރި މުސާރައިގެ ފަރަގުތައް ނައްތައިލެވި، އެއްހަމަ މިންގަނޑަކުން މުސާރައާއި ޢިނާޔަތްތައް ކަނޑައެޅިގެންދާނެއެވެ. މި ޕޭ ފްރޭމްވަރކްގައި ދައުލަތުގެ އިދާރާތަކަށް ބޭނުންވާ ހުރިހާ ފަންނުތަކުގެ ގިންތިތަކާއި ފަންތިތައް ކަނޑައަޅައި، ކޮންމެ ފަންނަކަށް ވެސް އެކަށޭނަ މުސާރައާއި އިނާޔަތްތައް ކަނޑައެޅިގެންދާނެއެވެ. އަދި މިގޮތަށް ކަނޑައަޅާ މުސާރައާއި ޢިނާޔަތްތަކަކީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާނެ ޢިލްމީ ގާބިލުކަމާއި ފަންނުވެރިކަމާއި، މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާތަކުގެ ބުރަކަމާއި، ކުރިމަތިވެދާނެ ތަފާތު ވައްތަރުގެ ހިރާސްތަކާއި، މަސައްކަތުގެ މާހައުލުގައި ކުރިލާންޖެހޭނެ ޖިސްމާނީ ބުރަތަކަށް ރިޢާޔަތްކޮށްގެން ކަނޑައެޅޭނެ މުސާރައާއި ޢިނާޔަތްތަކެއް ކަމުގައިވާނެ ކަމަށް ޕޭ ކޮމިޝަނުން ވިދާޅުވެއެވެ.
ޕޭ ކޮމިޝަނުން އިތުރަށް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުން ފެށިގެން މި އައު ޕޭ ފްރޭމްވަރކަށް މުވައްޒަފުން ބަދަލުވުމުގެ މަސައްކަތް ފެށުން ކަމަށެވެ. އަދި މި އައު ޕޭ ފްރޭމްވަރކްގެ ސަބަބުން ސިވިލް ސަރވިސްގެ މުވައްޒަފުންގެ މެދުގައި މުސާރައާމެދު ހުރި ގިނަ ކަންބޮޑުވުންތަކަށް ހައްލުތަކެއް ލިބިގެންދާނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.
އަންނަ އަހަރުގައި 12 މަސްދުވަސް ހިމެނޭ. އަންނަ އަހަރު ޑިސެމްބަރ 31 ވިޔަސް އެއީ ހަމަ އަންނަ އަހަރު. ވެރިކަން ފެށީވެސް އަންނަ އަހަރު ޖެނުއަރީގައި ފާސްކުރާނަމޭ ބުނެ