"ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރަން މަސައްކަތް ކުރެވުނީތީ ރައްޔިތުންގެ ކިބައިން މަޢާފަށް އެދެން"
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަން ބަދަލު ކުރުމަށް ކުރިން މަސައްކަތް ކުރެވުނީތީ ދިވެހި ރައްޔިތުންގެ ކިބައިން ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު މަޢާފަށް އެދިވަޑައިގެންފިއެވެ.
އިނގިރޭސިވިލާތުގައި ހުންނަވައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، އެއިރުގެ ސަރުކާރު ބަދަލު ކުރުމަށް މަސައްކަތް ކުރެވުނީތީ ދިވެހި ރައްޔިތުންގެ ކިބައިން މަޢާފަށް އެދިލައްވާ ކަމަށެވެ.
"އަޅުގަނޑު މިހާރު ހަމަ ހަގީގަތުގައި ހިތާމަ ކުރަން، ރަނގަޅު ކަމެއް ކަމަށް މިކުރެވެނީ ހީކޮށް މި ގެނެވުނު ވެރިކަމާ ދޭތެރޭ. އަޅުގަނޑު ދިވެހި ރައްޔިތުންގެ ކިބައިން މާފަށް ވެސް އެދެން އެކަމަށް. އަޅުގަނޑު ނުކުރާ ކަމެއްގައި މާފަށް އެދޭކަށް ނުޖެހޭނެ. އަޅުގަނޑެއް 15 ފިރިހެނުން ފަހަތުން ވެސް 15 އަންހެނުން ފަހަތުން ވެސް ގަދަކަމުން ގޮސްފައެއް ނޯންނާނެ" އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރަން މަސައްކަތް ކުރެއްވި ކަމަށާއި މިއަދު އެކަމާ ހިތާމަ ކުރާ ކަމަށެވެ.
"އެ ވެރިކަމުގައި ވެސް ހުރި މައްސަލަތައް. އެކަމަކު މިހާރު އެބަ އެނގޭ ޤައުމެއްގެ ރައީސް ބޮލުގައި ނޫންކަން އެހެން މީހުން ކުރާ ހުރިހާ ކަމެއް އެޅެންވާނީކީ. މިއަދު ވެސް އަޅުގަނޑު ޕީޖީ ޝަމީމް ކުރާ ހުރިހާ ކަމެއް ރައީސް ޞާލިޙްގެ އިސްތަށިފުޅަކު ނާޅުވަން" އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ ޙައްޤު ނޫން އިލްޒާމެއް އެމަނިކުފާނު ރައީސް ޞާލިޙްގެ އިސްތަށިފުޅަކު ވެސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އިސްތަށިފުޅުގައި ވެސް ނާޅުއްވާނެ ކަމަށެވެ.
ޙައްޤުނޫންގޮތުގައި ވެރިކަން ބަދަލުކުރަން މަސައްކަތް ކޮށްފައިވާކަންވެސް ޢަލީ ވަޙީދުގެ ވާހަކަފުޅުގައި ފާހަގަކުެރެވުނު