އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނާ މީހަކު މާއުނގޫދޫން ބާލައިފި

ށ. މާއުނގޫދޫގައި އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނާ މީހަކު އެ ރަށުން ބާލައިފިއެވެ.
ނަން ހާމަ ނުކުރުމަށް އެދި "ދެން"އަށް މައުލޫމާތު ދިން މީހަކު ބުނީ، އެއް ޖިންސުން ގުޅުން ހިންގިކަމަށް ބުނަމުން ދަނީ މާއުނގޫދޫއަށް ދިޔަ އެހެން ރަށަކު މީހަކާއި އެ ރަށު މީހެއް ކަމަށެވެ. އޭގެ ތެރެއިން މާއުނގޫދޫން ބާލުވައިފައި ވަނީ އުމުރުން 38 އަހަރުގެ ފޭދޫ ފިރިހެނެއް ކަަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.
އެ ދެމީހުންނާ މެދު ޝައްކު ކުރެވެން ފެށީ ރަށު ތެރޭގައި ވެސް އުޅެމުން ދިޔަ ގޮތުން ކަމަށާއި އޭގެ ތެރެއިން ފޭދޫ މީހާ މާއުނގޫދޫން ބޭލުމަށް ގޮވައިލައި އިއްޔެ ހަވީރުން ފެށިގެން ރަށުގެ ބައެއް ރައްޔިތުން ކައުންސިލު ދޮރު މައްޗަށް އެއްވެފައިވާ ކަމަށް ވެސް މައުލޫމާތު ދިނެވެ.
ފޭދޫ މީހާ މާއުނގޫދޫން ބާލުވައިފައި ވަނީ ރޭގެ ވަގުތެއްގައެވެ. އޭނާ ބާލުވައިފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
ތިޔާ މިރަށުއާމުކަމެން އަންހެންކުޅި ބާރައްކުރިޔަންދަނީ މިނިވަންކަމާއެކީ