ޚަބަރު ސިޔާސީ

އެމްއާރުއެމްގެ ޒައީމަކަށް މައުމޫން، ރައީސަކަށް ފާރިސް

ރައުފާ ރަޝީދު ، ދެން އޮންލައިން

މޯލްޑިވްސް ރިފޯމް މޫވްމަންޓް ޕާޓީގެ ޒައީމްގެ މަޤާމަށް ރައީސް މައުމޫން އަދި ރައީސްކަމަށް ފާރިސް މައުމޫން ހޮވިވަޑައިގެންފިއެވެ.

Ads by MWSC

މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރުއެމްގެ 16 މަޤާމަކަށް 72 ބޭފުޅަކު ވަނީ ކުރިމަތިލައްވައިފައެވެ. މި މަގާމްތަކުގެ ތެރެއިން އިންތިހާބަކާ ނުލައި ރައީސް މައުމޫން އަދި ފާރިސް މައުމޫން ހޮވިފައިވާއިރު އަންހެން މެމްބަރުންގެ ތެރެއިން އަންހެނުންގެ ޚާއްޞަ ނައިބު ރައީސްކަމަށް ޚާއްސަކުރި މަޤާމަށް ނާދިރާ ވަނީ އިންތިހާބަކާ ނުލައި ހޮވިފައެވެ. އިންތިޚާބު ކުރަންޖެހޭ އަދަދަށް ކުރިމަތިލައިފައިވުމުން 12 މަޤާމަކަށް މެމްބަރުން ވަނީ ވޯޓަކާ ނުލައި ވަނީ ހޮވިފައެވެ.

މި އިންތިޚާބުގައި ވޯޓަކުން ކަނޑައަޅަން ޖެހޭ 4 މަޤާމަކީ ނައިބު ރައީސް ކަމުގެ މަޤާމާއި، އެގްޒެކެޓިވް ކޮމެޓީގެ ފިރިހެން މެމްބަރުންގެ އިތުރުން ޒުވާނުންގެ ކައުންސިލަށް އަންހެނުންގެ ތެރެއިންނާއި، ފިރިހެނުންގެ ތެރެއިން އިންތިޚާބު ކުރަން ޖެހޭ މެމްބަރުން އިންތިޚާބު ކުރުމެވެ.

  1. މައިބަދަ

    ދެންއަވަހަށް ދެބޯގެރި ދުއްވަންވީނުދޯ؟!!!

  2. ޟާމު

    ދެން ދެބަފައިން ދެކޮޅައް ތިބެގެން ދެބޯގެރި ދުއްވާ މިގައުމު ފަނާކޮއްލާ ތިޔަކު ދެން އިތުރު ކުރިއެއް ނުފަޅާނެ

  3. ކަޅުބެ

    ތިއައް ވުރެން ރަނގަޅުވާނެ ބާގޯނިބޮނޑިއެއް އެގޮނޑީގަ ބޭންދިޔަސް މިގައުމު ފަނާކުރަން ފޫގަޅާފަ ތިބިމީހުންގެ ލިސްޓުގަ ނަންބަރު 1 މައުމޫނު 2 ގާސިމު 3 ކެރަފާ ނަސީދު 4 ސޭކު އިމްރާނު މި މީހުން ނެތިދާދުވަހަކު މިގައުމު ހަމަޔަކައް އެޅޭނީ