ދުނިޔެ ޔޫރަޕް

އައިސްލޭންޑް ޕާރލިމެންޓް: އަންހެނުންނަށް މެޖޯރިޓީ ލިބުމުން އުފާ ފާޅުކުރަނިކޮށް ނަތީޖާ ބަދަލުވެއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
އައިސްލޭންޑް އިންތިހާބުގައި ވޯޓްލުން ކުރިއަށް ދަނީ

އައިސްލޭންޑްގެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އަންހެން މެމްބަރުން ކާމިޔާބުކޮށް އެކަމުގެ އުފާ ފާޅުކުރަމުން ދަނިކޮށް ނަތީޖާ އަލުން ގުނަން ޖެހުނު ދާއިރާތަކެއްގެ ނަތީޖާ ބަދަލުވެ އެ ދާއިރާތަކުން ފިރިހެން މެމްބަރުން ގޮނޑި ކާމިޔާބުކޮށް އަންހެން މެމްބަރުންނަށް މެޖޯރިޓީ ގެއްލިއްޖެއެވެ.

Ads by Sosun Fihaara

އައިސްލޭންޑްގެ ގައުމީ ޓީވީން ރިޕޯޓް ކޮށްފައިވާ ގޮތުގައި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގެ ނަތީޖާ ފުރަތަމަ ދެއްކި ގޮތުގައި އެ މަޖިލީހުގެ 63 ގޮނޑީގެ ތެރެއިން 33 ގޮނޑި ކާމިޔާބު ކުރީ އަންހެން ކެނޑިޑޭޓުންނެވެ. އެހެން ނަމަވެސް ބައެއް ދާއިރާތަކުގެ ވޯޓް އަލުން ގުނުމުން ނަތީޖާ ވަނީ ބަދަލުވެފައެވެ. މިގޮތުން ބަދަލުވި ނަތީޖާއާ އެކު މިހާރު އަންހެން މެމްބަރުންނަށް ލިބިފައިވާ ގޮނޑީގެ އަދަދަކީ 30 ކަމަށް ވެސް މީޑިޔާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

މިނަތީޖާއާ އެކު ވެސް އައިސްލޭންޑްވެގެން ގޮސްފައި މިވަނީ ޔޫރަޕްގެ ގައުމުތަކުން އެންމެ ގިނަ އަންހެން މެމްބަރުންތަކެއް ގާނޫނު ހަދާ މަޖިލީހެއްގައި ތިބޭ ގައުމަށެވެ. މިގޮތުން ބަލާއިރު އައިސްލޭންޑްގެ ގާނޫނު ހަދާ މަޖިލީހުގެ 48އިންސައްތައަކީ އަންހެން މެމްބަރުންނަށްވާއިރު ސްވިޑަންއާއި ފިންލެންޑްގެ ގާނޫނު ހަދާ މަޖިލީހުގެ 47އިންސައްތަ އަދި 46 އިންސައްތައަކީ އަންހެނުންނެވެ.

އިންޓަޕާލިމެންޓްރީ ޔޫނިއަންގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޔޫރަޕްގެ އެއްވެސް ގައުމެއްގައި މިހާތަނަށް، ގާނޫނު ހަދާ މަޖިލީހެއްގެ 50 ޕަސެންޓް ގޮނޑި އަންހެނުންނަށް ކާމިޔާބު ކުރެވިފައެއް ނެތެވެ. އެ ނިސްބަތާ އެންމެ ކައިރި ކުރާ އަދަދަކަށް ވެސް މިހާތަނަށް އެންމެ ގިނަ އަންހެން ކެނޑިޑޭޓުން އިންތިހާބުވީ ސްވިޑްންގެ ގާނޫނު ހަދާ މަޖިލިސް "ރިކްސްތޮގް" އަށެވެ. އެއީ، ރިކްސްތޮގްގައި ހިމެނޭ ޖުމްލަ 116 ގޮނޑީގެ 47 ޕަސެންޓެވެ.

Ads by HDC
  1. ނާކާމިޔާބު

    އަންހެނުން ވަކި ދާއިރާ ތަކަކަށް އިންތިހާބު ކުރަން ޖެހޭގޮތަށް ގާނޫނު ބަދަލު ކޮށްފަ އޮންނަ ތަންތާންގަ ގިނަ އަންހެނުން ހޮވޭތަން ފެންނާނެ. އެއީ ކާމިޔާބެއް ނޫން.