ފުޓްބޯޅަ

ސާފް ޗެންޕިއަންޝިޕްގައި އިންޑިއާ އެންމެ ގިނައިން ބަލިވީ ރާއްޖެއަތުން!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މިއަންނަ މަހުގެ އެއްވަނަ ދުވަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިފަށް ހުރިހާ ޓީމްތަކަކުން ވެސް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން ރާއްޖެ ވެސް ވަނީ ގަތަރުގައި ތަމްރީންތަކެއް ފުރިހަމަކޮށްފައެވެ. މި ތަމްރީންގައި އެކުވެރިކަމުގެ ދެ މެޗު ރާއްޖެއިން ވަނީ ކުޅެފައެވެ. އޭގެ ތެރެއިން އެއް މެޗުން ރާއްޖެ މޮޅުވިއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

Ads by Hajj Corporation

މި އަހަރުގެ މުބާރާތުގައި އެންމެ ވަރުގަދަވާނެކަމަށް ބެލެވޭ އެއް ޓީމަކީ އިންޑިއާއެވެ. އިންޑިއާއަކީ ސާފް ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ޓީމެވެ. އަދި މި ސަރަހައްދުގައި އެންމެ ސިސްޓަމެޓިކް ފުޓްބޯޅަ އޮނިގަނޑެއް އޮތް ގައުމެވެ. އެހެންކަމުން މި މުބާރާތް ގެއްލުމަކީ އެ ގައުމަށް އޮތް އިޚްތިޔާރެއް ނޫނެވެ. އަދި އެ ޓީމަށް މުބާރާތް ގެއްލޭ ކޮންމެ ފަހަރަކީ ޓީމަށާއި އެގައުމުގެ އެފްއޭއަށް ބޮޑެތި ފާޑުކިޔުން އަމާޒުވާ ފަހަރުތަކެކެވެ.

މި މުބާރާތުގައި އިންޑިއާއަށް އޮތް އެންމެ ބޮޑު ހުރަހަކީ ދިވެހި ޓީމެވެ. އަދި ދިވެހި ޓީމަށް ވެސް މި މުބާރާތް ކާމިޔާބު ކުރެވެން އޮތީ އިންޑިއާ ބަލިކޮށްގެންނެވެ. ރާއްޖެއިން ތަށި ނެގި ދެފަހަރު ވެސް އެކަން ކާމިޔާބު ކުރީ އިންޑިއާ ބަލިކޮށްގެންނެވެ.

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާއިން ކުޅުނު 52 މެޗުން އެ ޓީމު ވަނީ 34 މެޗު ކާމިޔާބުކޮށްފައެވެ. އަދި 10 މެޗު ނިމުނީ އެއްވަރުވެގެންނެވެ. ސާފްގައި އިންޑިއާ ބަލިވެފައި ވަނީ މުޅި ޖުމްލަ 8 މެޗުންނެވެ. އެ 8 މެޗުގެ ތެރެއިން ހަތަރު މެޗަކީ ފައިނަލް މެޗުތަކެވެ. އަދި 8 ބަލީގެ ތެރެއިން ތިން ބައްޔާ އިންޑިއާ ކުރިމަތިލާން ޖެހުނީ ދިވެހީންގެ ފަރާތުންނެވެ.

ސާފްގައި އިންޑިއާއަށް އެންމެ ބޮޑު ބައްޔަކީ 2-0 އިން ބަލިވި ދެ މެޗެވެ. އޭގެ ތެރެއިން އެއް ބައްޔަކީ ވެސް ދިވެހީންގެ އަތުން ވީ ބައްޔެކެވެ.

މިއަހަރުގެ މުބާރާތަށް ދިވެހީން ކުރިމަތިލަނީ 100އިންސައްތަ ދިވެހީންނާއެކުގައެވެ. ކޯޗިން ސްޓާފުންނާއި ޓީމުގެ އެންމެހައި ކަންކަމުގައި ތިބީ ދިވެހީންނެވެ. ސާފްގެ ތިންވަނަ ތަށި ހޯދަން ދިވެހި ޓީމު ދިވެހީންނާ އެކު މި ނިކުންނަނީ ވެސް ދިވެހި ފަސްގަނޑުގައެވެ. ހުރިހާ ދިވެހީންގެ އުއްމީދަކީ ވެސް ރާއްޖޭގައި މިއަހަރުގެ ތަށި ބެހެއްޓުމެވެ.

  1. ޛުހާނާ

    ދިވެހިރާއްޖެ މިފަހަރު ބަލިވާނެ، ބައިވެރިވި ގިނަ ޓީމުތަކުގެ އަތުން. އިންޑިޔާ އަތުން ވެސް ބަލިވާނެ. އެމް.ޑީ.ޕީގެ ވެރިކަމެއްގައި ސާފް ޗެމްޕިއަންޝިޕްގެ ތަށްޓެއް ރާއްޖެއަކަށް ނުލިބޭނެ. އެއީ ސުންޕާ ބައެއް.

    • އާކިފް

      އެގުރީޑް މ ދ ޕ އަކީ ނުލަފާ ބައެއް

    • ސުންޕާ

      ތިކަހަލަ ކޮސްގޮވާ ވާންޗޯ ބަޔަކު އުޅޭތީ އެއްކަމެއްވެސް އުންމީދުކުރާގޮތައް ނުދަނީ.. ކުޅިވަރުވެސް ސިޔާސީކޮއް ބަދު ދުއާ ކުރުމުގެ ބަދަލުގަ ކާމިޔާބަކައް އެދިބަލަ.. ޔާމިނުވެސް ބުނެފައޮތީ ގައުމީ ޖޯޟުން ފުރާލުމައް….