މެމްބަރާއެކު ފުރަން ދާ ރަައްޓެހިންނަށްވެސް ވީއައިޕީ ޚިދުމަތް ހިލޭ ލިބޭ ގޮތަށް ފާސްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކާ އެކު އެއާޕޯޓަށް އެ ބޭފުޅުންގެ ރައްޓެހިންނަށް ވެސް ވީއައިޕީ ލައުންޖުން މަޖިލީހުގެ ޚަރަދުގައި ހިދުމަތް ލިބޭ ގޮތަަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ވީއައިޕީ ލައުންޖުގެ ހިދުމަތް ހޯއްދެވުމާ ގުޅޭގޮތުން ހުށަހަޅުއްވައިފައިވާ މައްސަލައިގައި މިދިޔަ ބުދަ ދުވަހު ސިއްރު ކޮމިޓީ ބައްދަލުވުމެއް ވަނީ ބާއްވައިފައެވެ. އަދި މިބައްދަލުވުމުގައި މަޖިލީހުގެ މެންބަރުންނަށް ދެވޭނެ ހިދުމަތްތައް ދިރާސާކޮށް ގޮތް ނިންމުމުގެ ބާރު މަތިކޮށްފައިވާ އާންމު ކޮމިޓީން ވަނީ މެންބަރުންނަށާއި އެ މެންބަރެއްގެ އާއިލާއަށް މިހާރު ލިބޭ ލައުންޖުގެ ހިދުމަތުގެ އިތުރުން، އެ މެންބަރަކު ހިޔާރުކުރާ އިތުރު ދެ މީހަކަށް އެ ހިދުމަތް ލިބޭ ގޮތަަށް ނިންމާ ފާސްކޮށްފައެވެ.
މަޖިލިސް ތަޅުމުގައި ވޯޓްލާން ވެސް ނުޖެހޭ މި ނިންމުން ނިންމައިފައި ވަނީ އެއްބަނޑު އެއްބަފާ މީހަކާ އެއްކޮށް ދަތުރުކުރާއިރު ވެސް ވަކިން ދާން ޖެހޭތީ ބައެއް މެންބަރުންގެ ޝަކުވާ ކޮމިޓީއަށް ލިބިފައިވާތީކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ކުރިން އޮންނަ ގޮތުން މެންބަރަކާއި އެ މެންބަރެއްގެ އަނބިކަނބަލުންނަށް ނުވަތަ ފިރިކަލުންނަށާއި ދަރިންނަށް އަދި މައިންބަފައިންނަށް އެއާޕޯޓުގެ ވީއައިޕީ ލައުންޖުގެ ހިދުމަތް ލިބޭނެއެވެ. މި އުސޫލުގެ ދަށުން މެންބަރުންނަށް ދޭ ވީއައިޕީ ލައުންޖުގެ ޚިދުމަތަށް ބިލު ކުރާނީ މަޖިލީހަށެވެ.
މަޖިލީހުގެ ވެބްސައިޓުގައިވާ ގޮތުން، މެންބަރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ވީއައިޕީ ލައުންޖުގެ ޚިދުމަތް މިހާރު މަޖިލީހުގެ މެންބަރަކާ އެކު ފުރަންދާ އޭނާގެ ރަށްޓެހިންނަށް ވެސް ލިބޭނެއެވެ.
ސާބަހޭ،ރައްޔިތުންގެ މުދާ ކެވޭނީ އަޖަލު ހަމަވަންދެން..
ދެންނިކަމެތިމީހާޔައްކޯއްޗެއްތޯ؟
މެންބަރުންގެ ރައްޓެހިންނަށް ދައުލަތުގެ ފައިސާ ޚަރަދުކުރުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެކަމެއްނޫން އެހެނެއްނޫން އެމެމްބަރެއް ގެންދާ ރައްޓެހިންނަށް ހިނގާ ޚަރަދު މެމްބަރު ދެއްކުން އޯކޭ
ރަނގަޅު ޚިޔާލުފުޅެއް. ދައުލަތުގެ ފައިސާއިން ނާޖާއިޒު ޚަރަދު ތައް ކުރާނެ ކަމެއް ނެތް
ތިޔަހެން ރަށް ޔަތުންގެ މުދާ ބޭނުކޮއް ހުސް ނުކުރޭ
މެމްބަރުންނާ އެކީދާ ރައްޓެހިންނަށް ދަތުރު ޚަރަދުވެސް ހަމަޖައްސައިދީ ދެކޮޅު ޓިކެޓާ ހުރުމުގެ ޚަރަދުވެސް ދޭން ފެނޭ. ޢެހެންނާ ފަހެ ، ދުއްޕާނެއްނު މި މެމްބަރުންނަކާ ހެދި
އަމިއްލައެދުންް ބޮޑުވިޔަސްް ތީބޮޑުވަރުު އެންމެފަހަރަކުވެސްް ހިތަށްް އަރާތަަ ރއްޔިތުންގެެ ފައިސާާ ނުޙައްޤުންް ތިވަރަށްް ކާންއިންދަަ ވެސްް ކޮންމެފަދަަ ގޮތެއްވެސްް ވެދާނެކަމަށްް މިޤައުމުގަވެސްް ފަޤީރުު ނިކަމެތިި އެތައްބަޔަކުު ދިރިއުޅޭކަންް ހަނދާންވޭތަަ
ފާސްކޮށްބަލަ ދަރިންގެ ދަރިންނަށްވެސް އެލަވަންސްލިބޭގޮތައް އަދި އުޅޭނެގެޔާއި ބަލަހައްޓާނެ މީހެއްލިބޭގޮތަށް މީނޫނޭ އަމިއްލައެދުންބޮޑު ޢިއްޒަތްތެރިބައެއް ކޮންތާކުންނެރެގެންއުޅޭ އިއްޒަތްތެރިކަމެއްތަތީ ….
ސާބަހޭ ކުދީންނޭ ކެވޭގޮތަކަށް ކައިފަ ބަހައްޓާ މީ ކަލޭމެންގެ މުދަލޭ
މިރާއްޖޭގަަ ޢާމުު ރައްޔިތުންނަކީީ ހަތަރުވަނަދަރަޖާގަަ ބައެއްގެެ ގޮތުގައިި ސަރުކާރާއިި ރައްޔިތުންގެެ މަޖިލީހުންް ޤަބޫލްް ކޮށްފިކަމަށްް އެނިންމަނީީ މީތޯޯ ސަރުކާރުތައްް ބޭއްވުމުގެެ ބޭނުމަކީީ ކުޑަަ ދުވަސްކޮޅެއްގެެ ތެރޭގަަ މިޤައުމުގަަ ދިވެހިންތިބެންޖެހޭނީީ ބޭރުކަރަކަރާގެެ މީހުންގެެ ފައިވާންް ފޮހެންް ކަންނޭގެެ އޭގެެކުރިންް މިވެރިންް އެބަލަނީީ އަތުޖެހުނުު އެއްޗެއްް ހޯދައިގެންް ހުރިއްޔާހުރިއެއްޗެއްފުރާލަންް ދެންް އާދައިގެެ ރައްޔިތުމީހާާ މަގުތީގަަ ދެމިދެމިި އޮވެދާނެތަަ ހެޔޮނުވާނެެ މިޤައުމުގެެ ރައްޔިތުންނަށްް އޯގާތެރިި ކޮށްް ކަންތައްް ކޮށްދީބަލަ
ތިޔައްވުރެ މާރަނގަޅުވާނެ ނިކަމެތިމީހުންގެ ނުދެއްކިފާ ހުރި ކަރަންޓްބިލް ތަކުން ޖޫރިމަނާ ކަނޑާލިއްޔާ.