ބޮލީވުޑް

"ދަ ކަޕިލް ޝަރްމާ ޝޯ"އާ ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އާންމުންގެ ބޮޑު މަގުބޫލުކަމެއް ލިބިފައިވާ "ދަ ކަޕިލް ޝަރްމާ ޝޯ"އާ ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅައފިއެވެ.

Ads by STELCO

ކޯޓަށް މައްސަލަ ހުށަހަޅައިފައި ވަނީ އެ ޝޯގެ މަންޒަރެއްގައި ކޯޓް ރޫމްގެ ތެރެއަށް ބަނގުރާ ފުޅިއެއް ހިފައިގެން ވަދެ އެ ބުއިމަށް އެންމެނަށް ދައުވަތުދޭ މަންޒަރު ޝޫޓް ކުރުމާ ގުޅިގެންނެވެ.

ކޯޓް ރޫމް ސީންއެއްގައި ރާ ބޯ މަންޒަރު ދައްކައި ކޯޓުތަކުގެ ޙުރުމަތް ކެނޑިކަމަށް ބުނާ ސީން ޓީވީއިން ދައްކައިފައި ވަނީ މިދިޔަ އޭޕްރީލް 21 ވަނަ ދުވަހުއެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅި ފަރާތުން ބުނާ ގޮތުގައި މީގެ ކުރިން ވެސް ކަޕިލް ޝޯގައި، އާންމުންނަށް ފެނިގެން ނުވާނެ އެތައް މަންޒަރުތަކެއް ފެނިގެން ދިޔަ ކަމަށެވެ. އަދި އަންހެނުންނަށް ނިސްބަތްކޮށް ވަރަށް ވިޔާނުދާ ވާހަކަތައް ވެސް ދައްކައިފައިވާ ކަމަށް އޭނާ ކޯޓުގައި ބުނެފައިވެއެވެ.

ކަޕިލް ޝަރްމާ ޝޯއަކީ އިންޑިއާގެ އިތުރުން ދުނިޔޭގެ ގިނަ ހިސާބުތަކުގެ މީހުންގެ މަގްބޫލްކަން ލިބިފައިވާ އިންޑިއާގެ ޗެނަލަކުން ގެނެސްދޭ އެންމެ ކާމިޔާބު ޝޯތަކުގެ ތެރެއިން ހިމެނޭ ޝޯއެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!