ވިޔަފާރި

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ހުރިހާ މެޗެއް ސްޓެލްކޯގެ މާޓީވީން ވެސް ފެންނާނެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދެކުނު އޭޝިއާ ސަރަޙައްދުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމުގައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ހުރިހާ މެޗެއް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ މާޓީވީން ވެސް ދައްކާ ގޮތަށް އެ ކުންފުނިން ހަމަޖައްސައިފިއެވެ.

Ads by Sosun Fihaara

އެކަން ހާމަކޮށް ސްޓެލްކޯއިން މިއަދު ކުރި ޓްވީޓެއްގައި ވަނީ، ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވާ ރާއްޖޭގެ ޤައުމީ ޓީމަށް ވަރަށް ވެސް ފުރިހަމަ ކާމިޔާބީއަކަށް އެދިފައެވެ.

"މި މުބާރާތުގައި ރާއްޖެ ކުޅޭ ހުރިހާ މެޗެއް ސްޓެލްކޯ މާޓީވީން ފެންނާނެ އިންތިޒާމުތައް ހަމަޖެހިގެން ދާނެ. އިރާދަކުރެއްވިއްޔާ ތިންވަނަ ފަހަރު މިއީ ކާމިޔާބުގެ ފަހަރަށް ވެގެންދާނެ" ސްޓެލްކޯއިން ބުނެފައިވެއެވެ.

މި ފެށޭ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު މާލޭގައި ފަށާ ސާފް ޗެމްޕިއަންޝިޕް ކުރިއަށް ދާނީ އެ މަހުގެ ސޯޅަވަނަ ދުވަހުގެ ނިޔަލަށެވެ. މިފަހަރުގެ މި މުބާރާތުގައި ވާދަކުރަނީ ރާއްޖެ ހިމެނޭ ގޮތުން ފަސް ގައުމެކެވެ. އެއީ ދިވެހިރާއްޖެ އިންޑިޔާ، ސްރީލަންކާ، ބަނގްލަދޭޝް އަދި ނޭޕާލެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ބޫޓާންއާއި ޕާކިސްތާން ވާދައެއް ނުކުރެއެވެ.

ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗު އޮންނާނީ އެއްވަނަ ދުވަހުގެ ރެއެވެ. އެރޭ ރާއްޖޭން ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!