ބޮލީވުޑް

ސިދާތުގެ މަރަށް ފަހު ޝެހެނާޒް ފުރަތަމަ ފަހަރަށް ފިލްމަކުން ފެންނަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ލޯބިވެރިޔާ ސިދާތު މަރުވުމުން ފިލްމީ މަސައްކަތްތަކާ ދުރުގައި ދުވަސްތަކެއް ހޭދަކުރި ޝެހްނާޒް ގިލް އަންނަ މަހު ފިލްމަކުން ފެންނާނެ ކަމަށް ބޮލީވުޑްގެ ޚަބަރުތަކުން ރިޕޯޓްކޮށްފިއެެވެ.

Ads by STELCO

އަމަރްޖީތު ސިންގް ސަރޯން ޑައިރެކްޓް ކޮށްފައިވާ "ހޯންސްލާ ރަކް" މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެެވެ. އެ ފިލްމުގެ ޓްރެއިލާ މިހާރު ވަނީ ދައްކައިލައިފައެވެ.

މި ފިލްމުގެ ޓްރެއިލާއަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާއިރު މި ފިލްމަކީ ސިދާތުގެ މަރަށް ފަހު ޝެހެނާޒްގެ އެންމެ ފުރަތަމަ ފެނިލުންކަމަށް ވާތީ ގިނަ މީހުން ތިބީ ފިލްމު ރިލީޒް ކުރާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

މި މަހުގެ ދެވަނަ ދުވަހު ހާޓް އެޓޭކެއް ޖެހިގެން މަރުވި ސިދާތުގެ ކުއްލި ވަކިވުމާ ގުޅިގެން އެންމެ ފުން އަސަރެއް ކޮށްފައިވާ އެކަކީ ޝެހްނާޒްއެވެ. ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ސިދާތު މަރުވީ ޝެހްނާޒްގެ އަތްމަތީގައެވެ. އެކަމުގެ ސަބަބުން ޝެހްނާޒަށް ވަރަށް ފުން އަސަރެއް ކޮށްފައިވާ ކަމަށް އޭނާގެ ބައްޕަ ވެސް ވަނީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ.

މިހާރު ޝެހެނާޒްގެ ހާލު ކުރިޔަށް ވުރެ ރަނގަޅު ނަމަވެސް ސިދާތުގެ މަރުގެ ސަބަބުން އޭނާއަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް ޝެހެނާޒްގެ އާއިލާއިން ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!