ޚަބަރު އިޖުތިމާޢީ

އޮކްޓޯބަރު މަސް ފެށުނު އިރު މޮނިޓަރިންގައި 16ރަށެއް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ކޮވިޑް-19 އަށް ޓެސްޓް ކުރަނީ -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ކޮވިޑް-19ގެ ވޭދަނަތައް މުޖްތަމައުތެރޭގައި ފެތުރުމުގެ ސަބަބުން މޮނިޓަރިންއަށް ލައިފައިވާ ރަށްރަށުގެ އަދަދު 16އަށް އަރައިފިއެވެ.

Ads by Sosun Fihaara

ސެޕްޓެމްބަރު މަހުގެ ފަހު ދުވަހު ވެސް 3 ރަށެއް މޮނިޓަރިންއަށް ލައިފައިވާއިރު އިއްޔެ މޮނިޓަރިންއަށް ލައިފައި ވަނީ ނ. ވެލިދޫއާއި އދ. މަހިބަދޫގެ އިތުރުން އދ. އޮމަދޫއެވެ. މީގެ އިތުރުން ފާއިތުވި ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ވެސް ވަނީ ދެ ރަށެއް މޮނިޓަރިންއަށް ލައިފައެވެ. އެއީ ށ. މާއުނގޫދޫއާއި ފ. ނިލަންދޫއެެވެ.

މިވަގުތު މޮނިޓަރިންގެ ހާލަތުގައިވާ ރަށްރަށުގެ ތެރެއިން އެންމެ ގިނަ ދުވަސްވަންދެން މޮނިޓަރިންގައި އޮތް ރަށަކީ އޯގަސްޓު މަހުގެ 20 ވަނަ ދުވަހު މޮނިޓަރިންއަށް ލައިފައިވާ ކ.ގާފަރެވެ.

މޮނިޓަރިންގެ ހާލަތުގައި ވާ އިތުރު ރަށްތަކަށް ބަލައިލާއިރު އައްޑޫ ސިޓީގެ ގުޅިފައިވާ 5 ރަށް ކަމުގައިވާ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ހުޅުމީދޫގެ އިތުރުން ގއ. ކޮލަމާފުށި، ގއ. ގެމަނަފުށި، ގއ. މާމެންދޫ، ތ.ދިޔަމިގިލި، ގއ. ވިލިނގިލީ ގެ އިތުރުން ގއ. ކޮލަމާފުށި ހިމެނެއެވެ.

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 84،809 މީހުންނެވެ.

ބަލިން ފަސޭހަވެފައި ވަނީ 82،974 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 21 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 231 މީހުން ނިޔާވެފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!