ފުޓްބޯޅަ

ހަ ނަމްބަރުގެ ޖާޒީ ޓީޝާޓާ އެކު ބަނގްލަދޭޝްގެ ކެޕްޓަން ލައިގެން ހުރީ ފަސް ނަމްބަރު ސޯޓް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ކެޕްޓަން ޖަމާލް ބުޔަން ވަނީ ފަހުން ސޯޓް ބަދަލުކޮށްފަ.. ފޮޓޯ/އަދަދު

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗަށް މިއަދު ނުކުތްއިރު ބަނގްލަދޭޝްގެ ކެޕްޓަން ޖަމާލް ބުޔަން ޖާޒީ ލައިގެން ހުރި ގޮތުން އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

Ads by STELCO

ސްރީލަންކާއާއި ބަނގްލަދޭޝް މިއަދު ބައްދަލު ކުރި މެޗަށް ނިކުމެ ، ކެޕްޓަނުންނާ އެކު ރެފްރީން ފޮޓޯ ނެގިއިރު ޖަމާލް ބުޔާން ލައިގެން ހުރީ ހަ ނަމްބަރުގެ ޖާޒީއާއި ފަސް ނަމްބަރު ސޯޓެވެ. މި ފޮޓޯ މިހާރު ސޯޝަލް މީޑިއާގައި ދަނީ ވައިރަލްވަމުންނެވެ. އެހެން ނަމަވެސް އޭނާ ފަހުން ވަނީ ސޯޓާއި ޓީޝާޓްގެ ނަންބަރު އެއްގޮތް ކޮށްފައެވެ.

މިކަމަށް ދުނިޔޭގެ ސަމާލުކަން ވަނީ ލިބިފައެވެ، ފުޓްބޯޅަ ޚަބަރުތައް އާއްމު ކުރާ ބައެއް ފޭސްބުކް ޕޭޖްތަކުގައި މި ފޮޓޯ މީމްއަކަށް ހަދައިގެން ދައުރު ކުރަމުން އެބަދެއެވެ.

ސާފް ޗެންޕިއަންޝިޕް ފެށުމުގެ ގޮތުން މިއަދު ކުޅުނު މެޗްގައި ސްރީ ލަންކާގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ސާފް ޗެމްޕިއަންޝިޕްގެ ފެށުން ބަނގްލަދޭޝުން ވަނީ ކާމިޔާބުކޮށްފައެވެ. ދެ ޓީމުގެ ފަރާތުން ވެސް ދަށް ކުޅުމެއް ފެނުނު މި މެޗުގެ ހަމައެކަނި ގޯލް 56ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބަނގްލަދޭޝްގެ ޑިފެންޑަރު ޓޮޕޫ ބަރްމަންއެވެ. މި ގޯލް ކާމިޔާބުކޮށްފައި ވަނީ ދެވަނަ ހާފްގެ ކުރީކޮޅު ބަނގްލަދޭޝްއަށް ލިބުނު ޕެނަލްޓީއެއްގައެވެ.

ގޯލް ކާމިޔާބު ކުރި ޕެނަލްޓީ ބަނގްލަދޭޝްއަށް ލިބިފައި ވަނީ އޭރިޔާ ތެރެއިން ޑަކްސަންގެ އަތުގައި ބޯޅަ ޖެހުމުންނެވެ. ޑަކްސަންއަށް ފުރަތަމަ ހާފްގައި، ރީނދޫ ކާޑެއް ދައްކައިފައި ވުމާއެކު، ދެވަނަ ރީނދޫ ކާޑާއެކު، ރަތް ކާޑެއް ޑަކްސަންއަށް ވަނީ ދައްކައިފައެވެ. މެޗްގެ ބާކީބައި ލަންކާއިން ކުޅެފައި ވަނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ.

Ads by HDC
  1. ހިލަބެ

    އަސްލު ކެޕްޓަން އެތަމްސީލުކުރަނީ ދެމީހުން ފަސްނަމްބަރ އާއި ހަނަމްބަރ ދެމީހުންގެ ކުޅުންއޭނާކުޅޭކަމަށް ކޯޗް ބުނޭ

  2. ށަވިޔަނި

    ސަޅި